މާލެ ސިޓީ ކައުންސިލުގެ މެދުރާސްތާގެ ފައިނޭންޝަލް ޕްލޭންގެ ދަށުން، މަދުވެގެން 1.5 ބިލިޔަން ރުފިޔާގެ މަޝްރޫޢު ކުރިޔަށް ގެންދިއުމަށް ކައުންސިލްގެ ޑިވެލޮޕްމަންޓް ޕްލޭންގައި ކަނޑައަޅައިފިއެވެ.
މި ކަން ހާމަކޮށްފައިވަނީ، މި މަހުގެ 9 ވަނަ ދުވަހުގެ ރޭ ބޭއްވި، މާލެ ސިޓީ ކައުންސިލްގެ، 2026 ވަނަ އަހަރުގެ، ރައްޔިތުންގެ ދެވަނަ ބައްދަލުވުމުގައެވެ.
އެގޮތުން، މި ޕްލޭންގައި ޕާކިންގް ބިލްޑިންއާއި ހައުސިންއާއި ލަފާފުރާ ގިމަތަތަކާއި ޕާކާއި މައިޒާންތަކާއި ކޮމާޝަލް ބިލްޑިންތައް ވަނީ ހިމަނާފައެވެ.
އެ ކައުންސިލުގެ ޢާމްދަނީ އިތުރުކުރުމަށް ކުރާނެ މަސައްކަތްތަކެއް ވެސް އެ ޕްލޭނުގައި ވަނީ ހިމަނާފައެވެ. އޭގެތެރޭގައި، ކައުންސިލުގެ ބިންތަކާއި ޢިމާރާތްތައް ކުއްޔަށް ދޫކުރާ ބޭސް ރޭޓް ފްރޭމްވޯކެއް އެކުލަވައިލައި ތަންފީޒުކުރުން ހިމެނެއެވެ.
ކައުންސިލްގެ މެދުރާސްތާ ޑިވެލޮޕްމަން ފައިނޭންޝަލް ޕުލޭނުގައިވާ ގޮތުން، ކައުންސިލުގައި ރިޒާވް ފަންޑެއް ޤާއިމުކޮށް، ކައުންސިލަށް ޢާމްދަނީ އިތުރުވާނެ ފަދަ ކަންކަމަށް އެ ފަންޑުން އިންވެސްޓްކުރާނެއެވެ. އެ ކަމުގެ ސަބަބުން ދެމެހެއްޓެނިވި ގޮތެއްގައި ކައުންސިލަށް ޢާމްދަނީ ލިބޭނެ މަގު ފަހިވާނެ ކަމަށް އެ ޕްލޭނުގައި ފާހަގަކޮށްފައިވެއެވެ.
ޢާމްދަނީ އިތުރުކުރުމަށް ކުރާ މަސައްކަތުގެ ތެރޭގައި، ކައުންސިލުގެ ބިންތަކާއި ޢިމާރާތްތައް ކުއްޔަށް ދޫކުރާ، ބޭސް ރޭޓް ފްރޭމްވާރކެއް އެކުލަވައިލައި ތަންފީޒުކުރުން ހިމެނެއެވެ. ކައުންސިލްގެ މެދުރާސްތާ ޑިވޮލޮޕްމަން ފައިނޭންޝަލް ޕްލޭނުގައިވާގޮތުން، ކައުންސިލުގައި ރިޒާވް ފަންޑެއް ޤާއިމުކޮށް، ކައުންސިލަށް ޢާމްދަނީ އިތުވާނެ ފަދަ ކަންކަމަށް އެ ފަންޑުން އިންވެސްޓްކުރުން ހިމެނެއެވެ. މީގެ ސަބަބުން ދެމެހެއްޓެނިވި ގޮތެއްގައި ކައުންސިލަށް ޢާމްދަނީ ލިބޭނެ މަގު ފަހިވެގެންދާނެއެވެ.
މީގެއިތުރުން ކައުންސިލްގެ ޢާމްދަނީ އިތުރުކުރުމަށް ޓަކައި ޚަރަދު ކުޑަކުރުމަށް ކުރަން ނިންމައިފައިވާ ކަންތައްތަކުގެތެރޭގައި، ކަރަންޓަށް ކުރާ ހޭދަ ކުޑަކުރުމަށް، އިއާދަކުރަނިވި ހަކަތައަށް އިންވެސްޓްކުރުންހިމެނެއެވެ.
ކައުންސިލުގެ އިދާރީ ހިންގުމުގެ ޚަރަދު، ބަޖެޓްގެ ނިސްބަތުން އަހަރުން އަހަރަށް އިތުރުވަމުންދާތީ އެ ޚަރަދު ކުޑަކުރުމަށް، މި ޕްލޭންގައި ގޮތްތަކެއް ކަނޑަޅައިފައިވެއެވެ. މި ގޮތުން ކުރަން ނިންމި އެއްކަމަކީ، ކައުންސިލުގެ އިދާރީ ހިންގުމުގައި "ޑިޖިޓަލް-ފަސްޓް" ސިޔާސަތެއް އެކުލަވައިލައި ތަންފީކުރުމެވެ.
ކައުންސިލުގެ އިދާރީ ހިންގުން އެއް ފުރާޅެއްގެ ދަށަށް ގެނެވި، އިދާރީ ހިންގުމުގެ ޚިދުމަތް ދިނުމަށް، މިހާރު ކުއްޔަށް ހިފައިފައިވާ ޢިމާރާތްތައް ދޫކޮށްލުމާއި ޕްރޮކިއުމަންޓް ކަންކަން ހަރުދަނާކޮށް، ބަލްކް ޕާރޗެސިންގ ތެރެއިން، ކައުންސިލަށް ހޯދާ ތަކެތި އަގުހެޔޮކޮށް ހޯދުމަކީ ވެސް، ޚަރަދު ކުޑަކޮށްގެން ކައުންސިލްގެ ޢާމްދީ އިތުރުކުރުމަށް އަޅަން ކަނޑައަޅައިފައިވާ މުހިއްމު ފިޔަވަޅެކެވެ.
