logo

ވަޒީފާއިން މީހުން ކަޑާލި ސަރުކާރުގެ ބަޔަކު، މުޒާހަރާ ކުރަން އުޅޭތީ އެމީހުންގެ ލަދުހަޔާތާއި މެދު ސުވާލު އުފެދޭ: ސުޖާއު

މުސްލިމާ ޙަސަން
މުސްލިމާ ޙަސަން
4 ގަޑިއިރު ކުރިން

މީހުން ވަޒީފާއިން ކަޑާލި ސަރުކާރުގެ ބަޔަކު މުޒާހަރާ ކުރަން އުޅޭތީ އެމީހުންގެ ލަދުހަޔާތާއި މެދު ސުވާލު އުފެދޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރު އަދި ސަރުކާރު ހިންގާ ކޮންގްރެސް ޕާޓީގެ ނައިބު ލީޑަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.

ސުޖާއު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިދިކޮޅުން ކޮންމެވެސް ވަރަކަށް ލަދުހަޔާތް ހުންނަންވާނެ ކަމަށާއި، ޚާއްސަކޮށް ރައީސް ނަޝީދަށް އެކަން އެގެންވާނެ ކަމަށެވެ. އަދި އެމަނިކުފާނުގެ ޕާޓީގެ ވެރިކަމުގައި އެތައް ސަތޭކަ މުވައްޒަފުން ވަޒީފާއިން ވަކިކުރިކަން ސާބިތުވާ ކަމަށެވެ. އަދި ސަރުކާރަށް ސަނާނުކިޔާތީ ވަޒީފާއިން ވަކިކުރި އެތައް މުވައްޒަފުން އެމުވައްޒަފުންގެ ވަޒީފާއިން ވަކި ކުރި ޗިޓްތައް މިހާރުވެސް އެބޭފުޅުންގެ ގޭގެ ސިޓިންގ ރޫމް ފާރުތަކުގައި ބެހެއްޓިފައި އެބަހުރި ކަމަށެވެ.

އެހެންވީމަ ވަރަށް ރަނގަޅަށް ބައްލަވާ ލައްވުމަށް ވެސް ވަނީ އެދިފައެވެ. އަދި އޭރު ވަޒީފާއިން ވަކިކުރި މިހުންގެ ދަފްތަރު އެމީހުންގެ އަތުގައި އެބަ އޮތް ކަމަށް ވެސް ވިދާޅުވިއެވެ.

އިތުރަށް ފާޑުކިޔަމުން ވިދާޅުވީ ބޮޑު ބަދަލަކީ އެމުވައްޒަފުންނަށް ރައީސް ޑރ މުހައްމަދު މުއިއްޒު އަނބުރާ އެބޭފުޅުންގެ ހައްޤު ދެއްވާފަވާތީ އެބަދަލު ކަމަށާއި، މިއީ މިއަދު މަގުމައްޗަށް މުޒާހަރާއޭ ކިޔާ ނުކުންނަ މީހުން ލަދުގަންނަން ޖެހޭ ވަރުގެ ކަމެއް ކަމަށެވެ.

މިސަރުކާރުން ސިޔާސީ ފިކުރު ތަފާތުވެގެން ވަޒީފާއިން ވައްކެތް ނުކުރާ ކަމަށާއި، އެކަންކަން އޮޅުވާލަން ނޫޅުއްވުމަށް ވެސް ސުޖާއު ވަނީ އެދިފައެވެ.

ސުޖާއު މިހެން ވިދާލުވެފައިވާއިރު އެމްޑީޕީގެ ގައުމީ މަޖިލިހުގައި ޖަލްސާއަށް ފަހު އެމްޑީޕީން ވަނީ މުޒާހަރާތައް ކުރުމަށް ނިންމާ "ޖޮބް ބުރާސްފަތި" ނަމުގައި އަންނަ ބުރާސްފަތު ދުވަހު މުޅި ރާއްޖޭގައި މުޒާހަރާ އަށް ނުކުތުމަށް ގޮވާލާފައެވެ.

ad