logo

ފޭދޫގެ 70 އަށްވުރެ ގިނަ ގެއަކަށް ގެއްލުންވެއްޖެ

މުސްލިމާ ޙަސަން
މުސްލިމާ ޙަސަން
7 ގަޑިއިރު ކުރިން

އައްޑޫ ސިޓީ ފޭދޫގެ 70އަށްވުރެ ގިނަ ގެއަށް ފެންވަދެގެން އެކިވަރުގެ ގެއްލުންތައް ލިބިެއްޖެއެވެ.

ރާއްޖެއަށް މިހާރު ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރައިގައި އައްޑޫ ސިޓީ ފޭދޫގެ 70 އަށްވުރެ ގިނަ ގެއަކަށް ފެންވަދެ އެކިވަރުގެ ގެއްލުންތައް ލިބިފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފައެެވެ.

ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނީ އައްޑޫ ސިޓީގެ ރަށްތަކުގެ އިތުރުން ފުވައްމުލައް ސިޓީ، ގއ. އަތޮޅު، ގދ. އަތޮޅު އަދި މެދުރާއްޖެތެރޭގެ ބައެއް އަތޮޅުތަކުގެ ރަށްތަކަށްވެސް މެދުނުކެނޑި ވިއްސާރަކުރަމުންދާ ކަމަށެވެ. އަދި ފުވައްމުލަކަށް ބޯކޮށް ވާރޭވެހި ރަށުގެ ބޮޑު ސަރަހައްދެއްގައި ފެންބޮޑުވެފައިވާ ކަމަށާއި ރައްކާތެރިވުމަށް އިލްތިމާސް ކުރާ ކަމަށެވެ.

އިއްޔެއިން ފެށިގެން ކުރަމުންދާ ވިއްސާރައިގައި މިއަދުގެ ހެނދުނާ ހަމައަށް ފޭދޫގެ 70 އަށްވުރެ ގިނަ ގެއަކަށް ފެންވަދެގެން ރިޕޯޓުކޮށްފައިވާ ކަމަށެވެ. މީގެ ތެރެއިން އެއް ގެއެއްގައި ދިރިނޫޅެވޭވަރަށް ފެންބޮޑުވެ ޙާލަތު ގޯސްވުމުގެ ސަބަބުން، އެ ގޭގައި ދިރިއުޅޭ އަށް މީހަކު މިހާރު ވަގުތީ ބޯހިޔާވަހިކަމަށް ބަދަލުކުރެވިފައިވާ ކަމަށެވެ.

މޫސުން ގޯސްވެ ގެ ތަކަށް ފެން ވަނަންމުންދާތީ ސިފައިންނާއި، ފުލުހުން އަދި ކައުންސިލްތައް ގުޅިގެން ހުއްޓުމެއްނެތި މަސައްކަތް ކުރަމުންދާ ކަމަށް އެންޑީއެމްއޭއިން މަޢުލޫމާތު ދެއެވެ.

އަދި ގޯތިގެދޮރާއި، ފިހާރަތަކާއި، އޮފީސްތަކަށް ފެންވަނުން ހުއްޓުވުމަށްޓަކައި ވެލިބަސްތާ ޖެހުމާއި، ރައްކާތެރިކަމުގެ އިތުރު ފިޔަވަޅުތައް އެޅުމުގެ މަސައްކަތްވެސް ވެސް ދަނީ ކުރިއަށެވެ.

ad