ސަރުކާރުގެ ޓެކްސީ ލައިން ކާރެއް ހުޅުމާލޭގެ މަގެއްގެ މަތީ ޖަހާފައި ހުރި ހޮޅިދަނޑި އެއް ގައި ޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ.
މިކަން ހިނގަފައިވަނީ ރޭ ފަތިހު ގެ ވަގުތެއްގައެވެ. މިކާރު ޖެހިފައިވަނީ ބަގީޗާ ހިނގުމުގައި ހުރި ހޮޅިދަނޑިއެއްގައި ކަމަށް މައުލޫމާތު ލިބެއެވެ. ކާރު ދުއްވަން އިން 28 އަހަރުގެ ޑްރައިވަރަށް އެކިވަރުގެ އަނިޔާތައް ލިބުނު ނަމަވެސް ސީރިއަސް އެއްވެސް އަނިޔާއެއް ލިބިފައި ނުވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. އަދި މިމައްސަލަ މިހާރު ތަހުޤީޤް ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުނެއެވެ.
ޓެކްސީ ލައިންގެ ޚިދުމަތަކީ މިއަހަރު އޭޕްރީލް މަހުން ފެށިގެން އެމްޓީސީސީ އާއި ހަވާލު ކޮށްގެން ދެމުން އަންނަ ޚިދުމަތެކެވެ.

