އިޤްތިޞާދުގެ ވަރުގަދަކަން އޮތީ، ޖަޒީރާތަކުގެ އެކި ހިސާބުތަކުގައި ކުރިއެރުމާއި ފުރުޞަތުތަކަށް ބޭނުންވފައިވާ ކުދި ވިޔަފާރިތަކެއްގެ މައްޗަށް ކަމަށް ރައީސް ވިދާޅުވެއްޖެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ މޯލްޑިވްސް 2.0 މެދުވެރިކޮށް މިދަނީ ފައިނޭންސް، ޑިޖިޓަލް ޓޫލްސް، އިންފްރާސްޓްރަކްޗަރ، އަދި ގްލޯބަލް މާކެޓްތަކުގެ އެކްސެސް ފުޅާކުރަމުން ކަމަށާއި، ހެރިޓޭޖް ވިޔަފާރިވެރިންނަށް އެހީތެރިވާ ސަގާފީ މަރުކަޒުތަކުން ފެށިގެން ކްރިއޭޓަރ ހަބް، އެސްއެމްއީ ޑިޖިޓަލް ފައިނޭންސިންގ، އަދި އަލީބާބާ އަދި ޕޭޕަލް މެދުވެރިކޮށް ބައިނަލްއަޤްވާމީ މާކެޓަށް ވަދެވޭނެ ގޮތްތައް މި އުފައްދަނީ ކުރިއެރުމާއި ކާމިޔާބީއަށް އާ މަގުތަކެއް ހޯދަމުން ކަމަށް ރައީސް ވިދާޅުވިއެވެ.
އެހެންކަމުން ކުދި ވިޔަފާރިތައް ކުރިއެރުވުމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާނެ ކަމަށާއި، ހުރިހާ އެންމެންނަށް ވެސް ލިބޭނެ ގޮތްތަކަކަށް ވާން ޖެހޭ ކަމަށެވެ. އަދި 2026 ވަނަ އަހަރާއި 2027 ވަނަ އަހަރު އެސްއެމްއީތައް ކުރިއެރުވުމަށް ޚާއްޞަކުރާއިރު، އެންމެ ބޮޑު ފޯކަސް އެއްކުރަނީ ކޮންމެ ވިޔަފާރިވެރިއަކަށްވެސް ކުރިއަރަން ބޭނުންވާ ސަޕޯޓް ލިބޭ އިޤްތިޞާދެއް ބިނާކުރުމަށް ވެސް ރައީސް ވިދާޅުވިއެވެ.

.jpg&w=256&q=75)
