މޯލްޑިވްސް ޕޯޓްސް ލިމިޓެޑް އެމްޕީއެލްގެ މެނޭޖިންގ ޑިރެކްޓަރު މަޤާމަށް، އަލްފާޟިލް ޙުސެއިން ޝަފީޤް އައްޔަންކޮށްފި އެވެ.
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑް (ޕީ.ސީ.ބީ) އިން މިއަދު ވަނީ އެމްޕީއެލްގެ ބޯޑު މެންބަރުކަމުގެ މަޤާމަށާއި، ޗީފް އެގްޒެކްޓިވް އޮފިސަރ އަދި މެނޭޖިންގ ޑިރެކްޓަރު މަޤާމަށް، ދަފްތަރު ނަންބަރ ރސ 2861، އަލްފާޟިލް ޙުސެއިން ޝަފީޤް އައްޔަންކޮށްފައިވާކަން ހާމަކޮށްފައެވެ.
ޝަފީގަކީ ރާއްޖޭގެ އެންމެ ބޮޑު ޑްރެޖަރު ކަމަށްވާ އެމްޓީސީސީގެ މަހަޖައްރާފުގެ ފުރަތަމަ ދިވެހި ކެޕްޓަންއެވެ. ޝަފީގަކީ މި ސަރުކާރު އައި ފަހުން އެމްޕީއެލްގެ އެމްޑީއަކަށް އައްޔަންކުރި ތިން ވަނަ ބޭފުޅާ އެވެ. ޝަފީގަކީ ކަނޑުދަތުރުފަތުރު މެނޭޖްކޮށްް ބެލެހެއްޓުމުގެ ދާއިރާއިން 35 އަހަރުގެ ތަޖުރިބާ ހާސިލުކުރައްވާފައިވާ މާސްޓާ މެރިނާއެކެވެ. އެ ކުންފުނީގެ އެމްޑީއަކަށް އެންމެ ފަހުން ހުންނެވި މުހައްމަދު ރިޝްވާން އެ މަގާމުން އިސްތިއުފާ ދެއްވީ މި މަހުގެ 6 ގަ އެވެ. އޭގެ ކުރިން ހުންނެވީ މުހައްމަދު ވަޖީހު އިބްރާހީމެވެ.

