logo

ޔޫތު ވޮލިންޓިއާ ޕްރޮގުރާމެއް ބާއްވަނީ

މުސްލިމާ ޙަސަން
މުސްލިމާ ޙަސަން
4 ގަޑިއިރު ކުރިން

ޒުވާނުންނަށް ހާއްސަކޮށްގެން ކުރިއަށްގެންދާ "ޔޫތު ވޮލަންޓިއަރ ޕްރޮގްރާމް" ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މި ޕްރޮގްރާމްގައި ބައިވެރިވެވޭނީ އުމުރުން 18 އަހަރާއި 35 އަހަރާ ދެމެދުގެ ޒުވާނުންނަށެވެ. މި ޕްރޮގްރާމްގައި ބައިވެރިވުމަށް ޝައުގުވެރިވާ ޒުވާނުން، ދީފައިވާ ކިއުއާރް ކޯޑް ސްކޭން ކޮށްގެން ރަޖިސްޓްރީ ކުރެވޭނެއެވެ.

ޕްރޮގްރާމްގެ ތެރެއިން ލިބޭނެ ފުރުސަތުތައްކަކީ، ބައިވެރިންނަށް ރާއްޖެއާއި ރާއްޖޭއިން ބޭރުގައި ބޭއްވޭ ތަފާތު ތަމްރީނު ސެމިނާރުތަކާއި ވޯކްޝޮޕްތަކުގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އަދި ކަންކަމަށް ކުރިމަތިލާން ކެރޭ، ހަރުދަނާ ޒުވާން ޖީލެއް ބިނާކުރުމަށް މި ޕްރޮގްރާމްގެ ތެރެއިން ބާރުއެޅޭނެއެވެ.

މީގެ އިތުރުން ޒުވާނުންނާ ގުޅުންހުރި އެކި ހަރަކާތްތަކާއި މަޝްރޫއުތައް އިސްވެ ހިންގުމުގެ ގާބިލުކަން ޒުވާނުންގެ ކިބައިގައި އުފެއްދިގެންދާނެއެވެ.

މި ޕްރޮގުރާމާ ބެހޭ އިތުރު މައުލޫމާތު 4000416 ނުވަތަ 4000567 މި ނަމްބަރަށް ގުޅާލުމުން ލިބިގެންދާނެއެވެ.

ad