logo

ޖަލުތަކަށް 370 ޖާގަ އިތުރުކޮށްފި

މުސްލިމާ ޙަސަން
މުސްލިމާ ޙަސަން
8 ގަޑިއިރު ކުރިން

ޖަލުތަކަށް 370 އެއްހާ ބެޑް ކެޕޭސިޓީ އިތުރުކޮށްފައިވާ ކަމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރު ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާގައި ޥާހަކަ ދައްކަމުން ޒަރީރު ވިދާޅުވީ 370 އެއްހާ ބެޑް ކެޕޭސިޓީ އިތުރުކޮށް އެއާއެކު މިހާރު ހުޅުމާލޭ ޖަލުގައިވެސް ހޯލްޑިންގ ޖަލުގެ ސެލްތަކާއި، މާލޭ ޖަލުގެ ބަދަލުގައި ސަރުކާރުން ދެއްވާފައިވާ ހުޅުމާލޭ ކޯވިޑް ފެސިލިޓީގައި 140 މީހުންގެ ޖާގައިގެ ޔުނިޓެއް ހެދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

މީގެ އިތުރުން ފާހަގަ ކުރެއްވީ ސަރުކާރުގެ އަމާޒަކީ މި ދައުރުގެ ތެރޭގައި ޖުމްލަ 500 އެނދަށް ޖާގަ އިތުރުކުރުން ކަމަށް ވެސް ޒަރީރު ވިދާޅުވިއެވެ.

ޖަލުތަކުގެ ޖާގައިގެ މައްސަލައަކީ އަބަދުވެސް ކުރިމަތިވާ ވަރަށް ބޮޑު މައްސަލައެކެވެ. އެހެންކަމުން ޖަލަށް އިތުރުވެގެންދާ ބެޑް ކެޕޭސިޓީއާއެކު އޭގެ ސަބަބުން ޖަލުތަކަށް ކުރިމަތިވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރެވޭނެ ކަމަށް ވެސް ޒަރިރު ފހަގަ ކުރެއްވިއެވެ.

ad