logo

ފާއިތުވީ އެޕްރީލު މަހު ޒަކާތު ފަންޑުން ކުރި ހޭދަތަކުގެ ތަފާސްހިސާބު އާންމުކޮށްފި

މުސްލިމާ ޙަސަން
މުސްލިމާ ޙަސަން
ގަޑިއިރެއް ކުރިން

މި އަހަރުގެ އެޕްރީލު މަހު މުދަލު ޒަކާތުން ކޮށްފައިވާ ހޭދަތައް އިތުރުވެފައިވާކަމަށް މޯލްޑިވްސް ޒަކާތު ހައުސްއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

2025ވަނަ އަހަރުގެ އެޕްރީލު މަހު ހޭދަކުރި 2,828,118.28 (ދެމިލިޔަން އަށްލައްކަ އަށާވީސް ހާސް ސަތޭކަ އަށާރަ ރުފިޔާ އަށާވީސް ލާރި)އެވެ. އެރުފިޔާއާ އަޅާބަލާއިރު، 2026ވަނަ އަހަރުގެ އެޕްރީލު މަހު ޖުމްލަ 3,811,259.91 (ތިން މިލިޔަން އަށްލައްކަ އެގާރަހާސް ދުއިސައްތަ ފަންސާސް ނުވަ ރުފިޔާ ނުވަދިހަ އެއްލާރި( ރުފިޔާ ވަނީ ހޭދަކޮށްފައެވެ. މިއީ ގާތްގަނޑަކަށް 34.8 އިންސައްތައިގެ އިތުރުވުމެކެވެ.

އެޕްރީލް މަހުގެ ހޭދަތަކުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، އެންމެ ބޮޑު ހޭދައެއްކޮށްފައިވަނީ ފަޤީރުންނާއި މިސްކީނުންނަށް އެހީވުމަށާއި، ތަޢުލީމީ ދާއިރާއަށާއި، ކީރިތި ޤުރުއާނާ ގުޅުންހުރި ޕުރޮގުރާމުތަކުގެ އިތުރުން އިޖުތިމާޢީ ފައިދާއަށް ހިންގާ ހަރަކާތްތަކަށެވެ.

ފަޤީރުންނާއި މިސްކީނުންގެ ބައިން ކުރި ހޭދަ 2025 އެޕްރީލު މަހު ހުރީ 1,179,397.99 ((އެއްމިލިޔަން އެއްލައްކަ ހަތްދިހަ ނުވަހާސް ތިންސަތޭކަ ނުވަދިހަ ހަތް ރުފިޔާ ނުވަދިހަ ނުވަ ލާރި( ރުފިޔާގައެވެ. އެޕްރީލު މަހު މި ޢަދަދު ވަނީ 1,449,239.39 (އެއްމިލިޔަން ހަތަރު ލައްކަ ސާޅީސް ނުވަހާސް ދުއިސައްތަ ތިރީސް ނުވަ ރިފިޔާ ތިރީސް ނުވަލާރ) އިތުރުވެފައެވެ.

މި ބައިގެ ތެރެއިން:

  1. ޟަރޫރީ ބޭނުންތަކަށް ދިން އެހީ 42,500 (ސާޅިސް ދެހާސް ފައްސަތޭކަ) ރުފިޔާއިން 182,731 ( އެއްލައްކަ އަށްޑިހަ ދެ ހާސް ހަތް ސަތޭކަ ތިރީސް އެއް) ރުފިޔާއަށް ވަނީ އިތުރުވެފައެވެ.
  2. ބޭސްފަރުވާގެ އެހީއަށް ކުރި ހޭދަ 1,136,897.99 (އެއްމިލިޔަން އެއްލައްކަ ތިރީސް ހަހާސް އަށްސަތޭކަ ނުވަދިހަ ހަތް ރުފިޔާ ނުވަދިހަ ނުވަލާރި1,266,508.39 (އެއްމިލިޔަން ދެލައްކަ ފަސްދޮޅަސް ހަހާސް ފަސްސަތޭކަ އަށްރުފިޔާ ތިރީސް ނުވަ ލާރި ވަނީ އިތުރުވެފައެވެ.

އިދާރީ ހޭދަތައް ކުޑަވުން

ޒަކާތުގެ މަސައްކަތްތަކުގައި އުޅޭ މުވައްޒަފުންގެ މުސާރައާއި އިދާރީ ހިންގުމުގެ ހޭދަތައް ހިމެނޭ "ޢާމިލުން"ގެ ބައިން ކުރި ހޭދަ ވަނީ ބޮޑުތަނުން ދަށްވެފައެވެ.

2025 ވަނަ އަހަރުގެ އެޕްރީލު މަހު މި ބައިން 483,077.82 ރުފިޔާ ހޭދަކޮށްފައިވާއިރު، މި އަހަރުގެ އެޕްރީލު މަހު މި އަދަދު ވަނީ 195,003.79 ރުފިޔާއަށް ތިރިވެފައެވެ. މިއީ ގާތްގަނޑަކަށް 60 އިންސައްތައިގެ ދަށްވުމެކެވެ.

ފީސަބީލިﷲ މަޝްރޫޢުތަކަށް ބޮޑު ކުރިއެރުމެއް

ފާއިތުވީ އެޕްރީލު މަހު އެންމެ ފާހަގަކޮށްލެވޭ ކުރިއެރުމެއް އައިސްފައިވަނީ "ފީސަބީލިﷲ" ބައިން ކުރި ހޭދަތަކަށެވެ.

އެގޮތުން މި ދާއިރާއަށް ކުރި ހޭދަ 2025ވަނަ އަހަރުގެ އެޕްރީލު މަހު 1,103,590.47(އެއްމިލިޔަން އެއްލައްކަ ތިންހާސް ފަސްސަތޭކަ ނުވަދިހަ ރުފިޔާ ސާޅީސް ހަތް ލާރި) ރުފިޔާގައި ހުރިއިރު، މި އަހަރުގެ އެޕްރީލު މަހު ވަނީ މި ޢަދަދު 2,167,016.73(ދެމިލިޔަން އެއްލައްކަ ފަސްދޮޅަސް ހަތްހާސް ސޯޅަ ރުފިޔާ ހަތްދިހަ ތިން ލާރި ވަނީ އިތުރުވެފައެވެ. ސަބަބަކީ އިސްލާމީ ތަޢުލީމާއި ޤުރުއާނުގެ ޢިލްމު ކުރިއެރުވުމަށް ކުރާ މަސައްކަތްތައް ފުޅާވެފައިވުމެވެ.

ހޭދަކުރި މައިގަނޑު ދާއިރާތަކަކީ:

  1. މަތީ ތަޢުލީމު ފުރިހަމަކުރުމަށް ދިން އެހީ(ދެލައްކަ ނުވަދިހަ ހާސް ދުއިސައްތަ ހަތްދިހަ ހަތަރު ރުފިޔާ ހަތްދިހަ ހަ ލާރި) ހޭދަކޮށްފައެވެ 290,274.76 ރުފިޔާ އެވެ.
  2. ޙާފިޛުން އުފެއްދުމުގެ ޕްރޮގްރާމްތަކާއި ޤުރުއާނުގެ ޢިލްމު ފެތުރުން 1,093,749.47(އެއް މިލިޔަން ނުވަދިހަ ތިންހާސް ހަތްސަތޭކަ ސާޅީސް ނުވަ ރުފިޔާ ސާޅީސް ހަތް ލާރި) ރުފިޔާ
  3. އަތޮޅު ތެރޭގައި ޤުރުއާން ސެންޓަރުތައް ބިނާކުރުން 782,992.50 ( ހަތް ލައްކަ އަށްޑިހަ ދެހާސް ނުވަސަތޭކަ ނުވަދިހަ ދެ ރުފިޔާ ފަންސާސް ލާރި)

ދަތުރުވެރިންނަށް ދޭ އެހީ

"އިބްނުއްސަބީލް"ގެ ބައިން 2025ވަނަ އަހަރުގެ އެޕްރީލު މަހު 62,052 ރުފިޔާ ހޭދަކޮށްފައިވީ ނަމަވެސް، 2026 އެޕްރީލު މަހު މި ބައިން އެއްވެސް ޚަރަދެއްކޮށްފައެއް ނުވެއެވެ.

މޯލްޑިވްސް ޒަކާތު ހައުސްއިން މުދަލުޒަކާތުގެ ތަފާސްހިސާބުތައް ވެސް މިހާރު ވަނީ އާންމުކޮށްފައެވެ. 2026 ވަނަ އަހަރުގެ އޭޕްރީލް މަހު މުދަލުޒަކާތުގެ ގޮތުގައި ޖުމްލަ 5,434,893 (ފަސްމިލިޔަން ހަތަރުލައްކަ ތިރީސް ހަތަރު ހާސް އަށްސަތޭކަ ނުވަދިހަ ތިން) ރުފިޔާ ދިވެހި ރުފިޔާ ލިބިފައިވެއެވެ. މިއީ އޭގެ ކުރީ މަހާ އަޅާބަލާއިރު 53.8 އިންސައްތައިގެ ދަށްވުމެއް ނަމަވެސް، 2025 ވަނަ އަހަރުގެ އޭޕްރީލް މަހާ އަޅާބަލާއިރު މިއީ 8.9 އިންސައްތައިގެ ކުރިއެރުމެކެވެ.

ad