logo

 ނަހޫގެ "މަޖުނޫން" ގެ ބަތަލަކީ ކާކުކަން އެނގޭތަ!

މުސްލިމާ ޙަސަން
މުސްލިމާ ޙަސަން
2 ގަޑިއިރު ކުރިން

ފިލްމު އުފެއްދުމުގެ ދާއިރާއިން ރާއްޖޭގެ އެތައްބައެއްގެ ހިތްތަންޖާގަ ހޯދާފައިވާ ފިލްމު ޕްރޮޑިއުސަރު އަދި ޑައިރެކްޓަރު ފާޠިމަތު ނަހުލާގެ މަޖުނޫނު ނުކުންނަން ތައްޔާރު ވަމުންދާއިރު، އެ ފިލްމުގެ ބަތަލު މިއަދު ހާމަ ކޮށްފިއެވެ.

މި ފިލްމުގެ ބަތަކީ މިހާރު ފިލްމީ ދައިރާގެ ފިޔަޖަހަމުން އަންން މޮޅު އެކްޓާރ އަޙްމަދު ޝާރިފްއެވެ. ޝާރިފް މީގެ ކުރިން ކުޅެފައިވާ ފިލްމުތަކުން ވެސް އޭނާ އެންމެބޮޑަށް ފާހަގަވަނީ ބެލުންތެރިންނަށް ކަމުދާ ގޮތަށް އޭނާގެ ހުނަރު ފެނިގެން ގޮސްފައިވާތިއެވެ.

މަޖުނޫނު ވެސް ވެގެންދާނީ ނަހުލާގެ ފިލްމު ތަކުގެ ތެރެއިން ޙާއްސަ ފިލްމަކަށެވެ. އެގޮތުން އޭނާގެ ފަހުގެ ފިލްމުތަކުން ޙާއްސަ ހުނަރުވެރި އެކްޓްތަކެއް ދައްކާފައިވާ ތަރިންވެސް މި ފިލްމުން ފެންނާނެ ކަމަށް ނަހުލާ ވަނީ ބުނެފައެވެ. އަދި ރާއްޖޭގެ މަޝަހޫރު ތަރިންވެސް މި ފިލްމުން ފެންނާނެ ކަމަށް ނަހުލާ ބުނެފައެވެ. މި ފިލްމުގައި ސޮރީ ފިލްމުން ފެނުނު ލީޑް ތަރިން ކަމަށްވާ ކުޅަދާނަ ހުނަރުވެރި ދެކުދިން ކަމަށްވާ ލާލީ އާއި އެވްލީވެސް ފެނިގެންދާނެ އެވެ.

މި ފިލްމާއި ގުޅޭ ގޮތުން ނަހުލާ ބުނީ މި ފިލްމުގައި އެންމެ އުނދަގޫވި ފިލްމުގެ ލީޑް އެކްޓާރ ބަތޮލް ޗޫސް ކުރަން ކަމަށެވެ. މި ފިލްމު އޮލިމްޕަހުގެ ސްކްރިނަށް އަންނާނީ މި އަހަރު އޮކްޓޯބަރު 26 ގައެވެ. ބަތަލު އާއި ބަތަލާގެ ނަން ހާމަ ކޮށްފައިވާއިރު، އެއީ ޝާރިފް އާއި، ލީޑް ރޯލް އަށް ޝިފާއެވެ.

Facebook

ނަހުލާގެ ކުރީގެ ފިލްމުތަކާއި، އެއްވަަރަށް މި ފިލްމުންވެސް ފެންނާނީ ބެލުންތެރިންގެ ހިތްދަމައިގަންނަ ފަދަ އާދަޔާ ހިލާފު ރިތި ކަމެއް ކަމަށް ބެލެވެއެވެ. މިއީ ހަނގީގީ ހާދިސާއެއްގެ މައްޗަށް ތައްޔާރު ކޮށް ނެރޭ ފިލްމެކެވެ. އަދި ލޯބީގައި ވަރަށް ބޮޑަށް ދީވާނާ ވެފައިވާ މީހެއްގެ ހާދިސާއެއްގެ މައްޗަށް ތައްޔާރު ކުރެވޭ ފިލްމެވެ.

މަޖުނޫނުގެ މި ކެރެކްޓާއަކީ ފިލްމުގެ މުޅި އެކްޓިންެއަށް ގާބިލު ފަރާތެއްގެ ގޮތުގަ ވަނީ ފާހަގަވެގެން ގޮސްފައެވެ. މި ފިލްމުގެ ޝޫޓިން އަށް އަތޮޅު ތެރެއަށް ފުރާނީ އަންނަ ޖޫން 3 އެއްގައެވެ. އެއީ މި އީދު ބަންދަށްފަހު ކަމަށް ވެސް ނަހުލާ ވަނީ ބުނެފައެވެ.

ad