ސައުދީ އަރަބިއްޔާ އަށް ދަތުރުކޮށް އުމްރާގެ އަޅުކަން އަދާކުރުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ސީދާ އައްޑޫން ސައުދީ އަރަބިއްޔާ އަށް ދަތުރުކޮށް އުމްރާގެ އަޅުކަން އަދާކުރުމުގެ ފުރުސަތު ފަހިކޮށްދޭން ތައްޔާރު ވެއްޖެއެވެ.
މިއީ ރާއްޖޭގެ ވެލާނާ އިންޓަނޭޝަލް އެއާޕޯޓުން ފިޔަވާ ރާއްޖޭގެ އެއާރޕޯޓަކުން ސައޫދީއަށް ސީދާ އުމްރާ ދަތުރެއް ބާއްވާ ފުރަތަމަ ފަހަރެވެ. މި ދަތުރުތައް ބާއްވަނީ އައްޑޫ ގަން އެއާޕޯޓުން ޖިއްދާ އަށެވެ. މި ދަތުރުތައް ބާއްވަނީ ގައުމީ އެއާލައިން، މޯލްޑިވިއަންއާ ގުޅިގެންނެވެ.
ގަމުން ޖިއްދާ އަށް ބާއްވާ ފުރަތަމަ ދަތުރު މި މަހުގެ 30 ގައި ބާއްވަން ނިންމާފައިވާ އިރު، މި ފަށާ ތާރީހީ ދަތުރުތަކަށް ވަރަށް އަވަހަށް ބުކިންސް އަށް ހުޅުވައިލާނެ ކަމަށް ދަ ޓްރެވެލާ އިން ބުންޏެވެ.
މި ދަތުރުތަކަށް ބޭނުންކުރާނީ މޯލްޑިވިއަންގެ "ވައިޑް ބޮޑީ" މަތިންދާބޯޓު (A330) އެވެ. މި ބޯޓަކީ އެއްފަހަރާ 264 ފަސިންޖަރުން އުފުލުމުގެ ގާބިލުކަން ލިބިގެންވާ ބޯޓެކެވެ.


