logo

ބީއެމްއެލްއަށް ދިގު މުއްދަތަށް ޚިދުމަތްކޮށްދީފައިވާ މުވައްޒަފުންގެ އަގުވަޒަންކޮށްފި

އާމިނަތު މޫސާ
11 ދުވަސް ކުރިން

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އަށް ދިގު މުއްދަތަކަށް ޚިދުމަތްކޮށްފައިވާ މުވައްޒަފުންގެ އަގުވަޒަންކޮށްފިއެވެ.

ބާސެލޯ ނަސަންދުރައުގައި ބޭއްވި މި ރަސްމިއްޔާތުގައި ބޭންކަށް 15، 20، 30 އަދި 40 އަހަރު ޚިދުމަތްކުރެއްވި މުވައްޒަފުންނަށް އެވޯޑު ހަވާލުކޮށްދެއްވީ ބީއެމްއެލްގެ ޗެއާޕާސަން އަޙްމަދު އަލީ ހަބީބާއި ބޯޑު މެންބަރުންނެވެ.

މި ހަފްލާގައި 43 މުވައްޒަފުންނަށް އެވޯޑު ދީފައި ވެއެވެ. 40 އަހަރުގެ ދިގު މުއްދަތެއްގައި ބޭންކަށް ޚިދުމަތްކޮށްފައިވާތީ ޗީފް ޕްރޮޕަޓީސް އެންޑް އެޑްމިނިސްޓްރޭޝަން އޮފިސަރ ހަސަން ޝާމަށް ވަނީ ޚާއްސަ އެވޯޑެއް ދީފައެވެ. އަދި ބޭންކަށް 25 އަހަރު ހިދުމަތްކޮށްދީފައިވާތީ ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަރީފަށްވެސް ވަނީ އެވޯޑެއް ދީފައެވެ.

​​​އެވޯޑު ލިބުނު މުވައްޒަފުންނާ މުޚާތަބުކުރައްވާ ޝަރީފް ވިދާޅުވީ، މުއައްސަސާއެއް ކާމިޔާބުވެފައި ވަރުގަދަވަނީ އެ މުއައްސަސާއެއްގައި މަސައްކަތް ކުރާ މުވައްޒަފުންގެ ކިބާގައި ހުންނަ ރަގަޅު ސިފަތަކާއެކު، އެ މުއައްސަސާއަށް ހޭދަކުރެވޭ ވަގުތުތަކާއި، އެ މުއައްޒަފުންގެ ހުނަރާ އަދި ޚާއްސަކޮށް އެ މުއައްސަސާއެއްގެ "މިޝަން" ކާމިޔާބުކުރުމަށްޓަކައި މުވައްޒަފުންގެ ހުންނަ ޕެޝަންގެ ސަބަބުން ކަމަށެވެ.

​​​99% އަށް ވުރެ ގިނަ ދިވެހި މުވައްޒަފުންނާއެކު ބޭންކް އޮފް މޯލްޑިވްސްއަކީ ރާއްޖޭގެ މާލީ ދާއިރާގެ އެންމެ ގިނަ ވަޒީފާގެ ފުރުސަތުދޭ މުއައްސަސާއެވެ. މުވައްޒަފުންގެ ގާބިލުކަމާއި ހުނަރު ކުރިއެރުވުމަށާއި ވަޒީފާގެ މައިދާނުގައި ކުރިއެރުން ހޯދައި ދިނުމަށް ބޭންކުން އަބަދުވެސް އެކިއެކި ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ޕްރޮގްރާމްތައް ހިންގައެވެ. އަދި މުވައްޒަފުންގެ ޚިދުމަތުގެ އަގުވަޒަން ކުރުމުގެ ގޮތުން ތަފާތު އެކި ހަރަކާތްތައް ބާއްވައެވެ.

​​​މުވައްޒަފުންގެ ކުރިއެރުމަށާއި މުވައްޒަފުންނާ ގުޅޭ ގޮތުން ބޭންކުން ކަނޑައަޅާފައިވާ ސިޔާސަތުތަކުގެ ސަބަބުން " އޭޝިއަރސް ބެސްޓް އެމްޕްލޯޔަރ ބްރޭންޑް އެވޯޑް" ޖެހިޖެހިގެން ގިނަ އަހަރުތަކައްގައި ބޭންކަށް ލިބިފައިވެއެވެ.

ad