logo

ކޮންސްޓަންސް މޫފުށި ރިސޯޓުގެ މުވައްޒަފުންނަށް ސުނާމީ އިވެކުއޭޝަން ތަމްރީނެއް ކުރިއަށް ގެންގޮސްފި

ދިޔާމާ އިބްރާހިމް
6 ގަޑިއިރު ކުރިން

ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެން.ޑީ.އެމް.އޭ) އާއި ކޮންސްޓަންސް މޫފުށި ރިސޯޓު ގުޅިގެން، އެ ރިސޯޓުގެ މުވައްޒަފުންނަށް ސުނާމީ އިވެކުއޭޝަން ތަމްރީނެއް ކުރިއަށް ގެންގޮސްފިއެވެ.

މި ތަމްރީން ޕްރޮގްރާމަކީ ސުނާމީއެއް ފަދަ ކާރިސާއެއް ދިމާވެއްޖެ ހާލަތެއްގައި މުވައްޒަފުންގެ ތައްޔާރީ ހާލަތު ވަރުގަދަކުރުމަށާއި އިޖާބަދިނުމުގެ ގާބިލުކަން އިތުރުކުރުމުގެ މަގުސަދުގައި އެ ރިސޯޓުން ކުރިޔަށް ގެންދިޔަ ތަމްރީން ޕްރޮގްރާމެކެވެ.

undefined

މި ތަމްރީނުގައި ރިސޯޓުގެ އިސް މެނޭޖްމަންޓާއި މުވައްޒަފުން ހިމެނޭހެން ޖުމްލަ 148 މުވައްޒަފުން ބައިވެރިވެފައިވެއެވެ.

މި ތަމްރީން ޕްރޮގްރާމްގައި އެން.ޑީ.އެމް.އޭގެ ޓީމުގެ ފަރާތުން މިނިސްޓަރ އޮފް ސްޓޭޓް ފޯ ޑިފެންސް އެންޑް ނޭޝަނަލް ސަރވިސް އަލްފާޟިލާ އާއިޝަތު ސަފޫރާ ބައިވެރިވެވަޑައިގެންނެވިއެވެ.

މި ތަމްރީނުގެ މައިގަނޑު މަގުސަދަކީ ސުނާމީއެއް ފަދަ ކާރިސާއެއްގެ ވަގުތުގައި އަމަލުކުރަންޖެހޭ ރައްކާތެރިކަމުގެ އުސޫލުތަކަށް މުވައްޒަފުން އަހުލުވެރިކުރުވުމާއި، އެފަދަ ކުއްލި ހާލަތްތަކުގައި އެންމެ އެދެވޭ ގޮތެއްގައި އަމަލުކުރުމަށް ބޭނުންވާ އިލްމާއި ހުނަރު މުވައްޒަފުންނަށް ފޯރުކޮށްދިނުން ކަމަށް އެންޑީއެމްއޭ އިން މަޢުލޫމާތު ދެއެވެ.

ad