logo

ދުންފަތާއި ދުރުވުމުގެ ރައްކާތެރިކަަމަށް ބޭނުންވަނީ ނުގުޑާ އަޒުމެއް: މެޑަމް ސާޖިދާ

މުސްލިމާ ޙަސަން
މުސްލިމާ ޙަސަން
2 ގަޑިއިރު ކުރިން

ދުންފަތާއި ދުރުވުމުގެ ރައްކާތެރިކަަމަށް ބޭނުންވަނީ ނުގުޑާ އަޒުމެއް ކަމަށާއި، ހަރުދަނާ އަހުލާގެއް ކަަމަށް ރައީސުލްޖުމްހުރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ ވިދާޅުވެއްޖެެއެވެ.

ސާޖިދާ މިހެން ވިދާލުވީ ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަސް ފާހަގަކުރުމަށް، މ. މުލަކުގައި ބޭއްްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި، ވާހަކަފުޅުދައްކަވަމުން ނެވެ. އެގޮތުން ވިދާޅުވީ ޝީޝާ ނޮޅީގެ ތުބުގެ ޒަރިއްޔާއިން، ގައިންގަޔަށް އަރާ ބަލި ފެތުރުމުގެ ފުރުސަތު ބޮޑު ކަމަށާއި، މިކަމަށް ހޭލުންތެރިވާން ޖެހޭ ކަމަށެވެ.

ސަޖިދާ އިތުރަށް ވިދާލުވީ ދައްކަނީ ވެށީގެ ތެރެއަށް ފެތުރިގެންދާ ދުމެއްގެ ވާހަކަ ކަމަށާއި، ވައިގެ ތެރޭގައި ދަތުރު ކުރާ މާއްދާތަކެއްގެ ވާހަކަ ކަމަށެވެ. ނަމަވެސް ސިނގިރޭޓާއި ޝީޝާ ފަދަ ތަކެތި އިސްތިއުމާލު ކުރާ ތަންތަނުގެ ކައިރިން، ހިނގާފައިދާ މީހާއަށް އޭގެ ވަސް އެބަ ފޯރާ ކަމަށެވެ. އެ ވަސް ފޯރުމަކީ ހަގީގަތުގައި އޭގެ ވިހަ މާއްދާތައް ފުއްޕާމެއަށް ހިނގައްޖެ ކަމުގެ އަލާމާތެއް ކަމަށް ވެސް ސާޖިދާ ވިދާޅުވިއެވެ.

މީގެ އިތުރުން ސާޖިދާ ފާހަގަ ކުރެއްވީ ޝީޝާ ބޯން ބޭނުން ކުރާ ނޮޅީގެ ދުމަކީ، ވަރަށް ނުސާފު އެއްޗެއް ކަމަށާއި، އެއިން ވާސިލްވަނީ ހަމައެކަނި ނިކޮޓިން ނުވަތަ އެއަށް އަޅާފައި ހުރި އެހެނިހެން މާއްދާ އެކަނި ނޫން ކަމަށެވެ. ނޮޅީގެ ތުބުގެ ޒަރިއްޔާއިން، ގައިންގަޔަށް އަރާ ބަލި ފެތުރުމުގެ ފުރުސަތު ބޮޑު ކަމަށް ސާޖިދާ ވިދާޅުވިއެވެ.

ad