2026 ގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަން އެމްޑީޕީގެ ޓިކެޓް ހޯއްދެވުމަށް ކެމްޕެއިން ފައްޓަވައިފައިވާ ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި އެމަނިކުފާނުގެ ރަނިން މޭޓުގެ ގޮތުގައި ކަނޑައަޅުއއވައިފައިވާ މާލެ ސިޓީގެ މިހާރުގެ މޭޔަރު، އާދަމް އާޒިމް، ގަލޮޅު އުތުރު ދާއިރާގައި 'ގެއިން ގެއަށް' ހަރަކާތެއް ކުރިއަށް ގެންދަވައިފިއެވެ.
މިއަދު ކުރިއަށްގެންދިޔަ މި ހަރަކާތުގައި ރައްޔިތުންނާ ބައްދަލުކުރައްވާ ދެކެވުނު ވާހަކަތަކުން ރައްޔިތުންގެ ކަންބޮޑުވުންތަކުގެ ގޮތުގައި ފާހަގަކުރެވުނީ ގެދޮރުގެ ދަތިކަމާއި މާލޭގެ ތޮއްޖެހުމުގެ މައްސަލަ ކަމަށް ފައިސަލް އާޒިމްގެ ކެމްޕެއިން ޓީމުން ވަނީ ހާމަކޮށްފައެވެ.
މި ކަންބޮޑުވުންތަކާ ގުޅިގެން ފައިސަލާއި އާޒިމް ވަނީ، އެމްޑީޕީގެ ވެރިކަންތަކުގައި ކުރިއަށް ގެންދިޔަ ރައްޔިތުންނަށް ފައިދާހުރި ހުރިހާ މަޝްރޫޢުތަކެއް ކުރިޔަށްވުރެ މާ ފުރިހަމައަށް ގެންގޮސްދެއްވާނެ ކަމަށާއި ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުންވެސް އެކަމަށް އެންމެ ބޭނުން ޖެހިފައިވާ ފަރާތްތައއ ފާހަގަކޮށް ޖާގަ ދެއްވަނެ ކަމަށް ވައުދުވެވަޑައިގެންފައެވެ.
މީގެ އިތުރުން، ދޮގު ވަޢުދުތައް ވުމުގެ ބަދަލުގައި އެބޭފުޅުން ކުރިއަށް ވަޑައިގަންނަވާނީ ރައްޔިތުންގެ އަޑު ގާތުން އަހައި ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައި ދިނުމަށް މަސައްކަތްކުރައްވަމުންކަމަށް ވެސް ފައިސަލާއި އާޒިމްވަނީ ރައްޔިތުންނަށް ދަންނަވާފައެވެ.



