logo

ތުރުކީވިލާތާއި ޤަޠަރާ ދެމެދު ދިފާއީ އެއްބަސްވުމެއްގައި ސޮއިކޮށްފި

މަޒީ
7 ގަޑިއިރު ކުރިން

ތުރުކީވިލާތާއި ޤަޠަރާ ދެމެދު ދިފާއީ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

އިސްތަންބޫލުގައި ބޭއްވި ބައްދަލުކުރެއްވުމެއްގައި އެއްބަސްވުމުގައި ސޮއިކުރެއްވީ ތުރުކީވިލާތުގެ ރައީސް ރަޖަބު ޠައްޔިބު އުރުދުޣާންއާއި ޤަޠަރުގެ އަމީރު ޝައިޚް ތަމީމް ބިން ޙަމަދު އާލް ޘާނީއެވެ.

މަޝްވަރާތަކަށްފަހު ނެރުނު ގުޅިފައިވާ ބަޔާނުގައިވާ ގޮތުން، މިއީ ދިފާއީ ކަންކަން ހަރުދަނާކޮށް ސަރަހައްދީ ރައްކާތެރިކަން ކުރިއެރުވުމަށް އެޅުނު ފިޔަވަޅެކެވެ. އަދި ދެ ގައުމުން ކުރެ ގައުމަކަށް ދޭ ބޭރުގެ ކޮންމެ ހަމަލާއަކާ ދެކޮޅަށް އެއްބައިވަންތަ ސިޔާސަތެއް ގެންގުޅުމަށްވެސް ވަނީ ވައުދުވެފައެވެ.

މީގެ އިތުރުން، ސަލާމަތީ ނުރައްކާތަކާއި ސަރަހައްދީ އަދި ބައިނަލްއަގުވާމީ ދިފާއީ ސިޔާސަތުތަކާމެދު މަޝްވަރާކުރުމަށް ދެ ގައުމުން އެއްބަސްވިއެވެ. އަސްކަރީ ތަމްރީނުތަކާއި ދިފާއީ ސިނާއަތާއި މުވައްޒަފުން ތަމްރީނުކުރުމުގެ އެއްބާރުލުން ފުޅާކުރުމަށްވެސް ވަނީ ނިންމާފައެވެ.ހަކަތައިގެ ދާއިރާއިން ގުޅުން ބަދަހިކުރުމަށްވެސް ތައްޔާރަށް އޮތްކަން ގުޅިފައިވާ ބަޔާނުގައި ބުނެފައިވެއެވެ.

މިއީ، ސިޔާދަތާއި ބިމުގެ މިނިވަންކަން ރައްކާތެރިކޮށް އަމާން ސަރަހައްދީ ނިޒާމެއް ބިނާކުރުމުގެ އަޒުމު ދައްކުވައިދޭކަމެއްކަމަށް މަތީ ފެންވަރުގެ އިސްތިރާތީޖީ ކޮމިޓީގެ 12 ވަނަ ބައްދަލުވުމަށްފަހު ނެރުނު ބަޔާނުގައިވެއެވެ. ގަލްފު ސަރަހައްދުގައި އަލުން ހަނގުރާމައެއް ފެށުނަ ނުދިނުމަށާއި، މަޝްވަރާގެ މަގު ފަހިކޮށް ސުލްހަ ގާއިމުކުރުމަށް ގުޅިގެން މަސައްކަތް ކުރިއަށް ގެންދާނެކަމަށް ރައީސް އުރުދުޣާން ވަނީ ވިދާޅުވެފައެވެ.

ad