logo

ވެމްކޯގެ ގިނަ މުވައްޒަފުންނަށް އަދިވެސް މުސާރަ ނުދޭ

މަރްޔަމް
17 މިނިޓު ކުރިން
ވެމްކޯގެ އެމްޑީ، މުޖްތަބާ، ކުންފުނީގެ ގިނަ މުވައްޒަފުންނަށް އަދިވެސް މުސާރަ ނުދޭ

ވެމްކޯގެ އެމްޑީ، މުޖްތަބާ، ކުންފުނީގެ ގިނަ މުވައްޒަފުންނަށް އަދިވެސް މުސާރަ ނުދޭ

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން، ވެމްކޯގެ ގިނަ މުވައްޒަފުންނަށް އަދިވެސް މިދިޔަ މަހު މުސާރަ ޖަމާނުވާކަމަށް އެކުންފުނީގެ މުވައްޒަފުން ބުނެފިއެވެ.

އޮންލައިން ނޫހެއްކަމަށްވާ "އައްޑޫ ލައިވް" އިން ވެމްކޯ މުވައްޒަފުންނާ ހަވާލާދީ ރިޕޯޓްކޮށްފައިވަނީ، ވެމްކޯގެ މުވައްޒަފުންގެ ތެރެއިން ގިނަ އަދަދެއްގެ މުވައްޒަފުންނަށް އަދިވެސް މުސާރަ ޖަމާނުވާ ކަމަށެވެ. އެގޮތުން ނޮވެންބަރު 11 އަށް ސަރުކާރު ބަންދުކޮށްފައިވާ އިރު އަދިވެސް މުސާރަ ލިބޭނެ ވަކި ދުވަހެއް ކުންފުނިން ބުނެފައި ނުވާކަމަށް މުވައްޒަފުން ބުނެފައިވާކަމަށް އެ ނޫހުން ވަނީ ރިޕޯޓްކޮށްފައެވެ.

ވެމްކޯގެ މުސާރަ ބަރާބަރަށް ނުދޭ ވާހަކަ ފެންމަތިވީއިރު، 2024 ވަނަ އަހަރު އޮކްޓޯބަރ މަހުން ފެށިގެން ކުންފުނީގެ މުވައްޒަފުންގެ ޕެންޝަން ފައިސާވެސް ޕެންޝަން އޮފީހަށް ޖަމާނުކުރާކަން ދާދި ފަހުން ވަނީ ހާމަވެފައެވެ. އެ މައްސަލަ ޕެންޝަން އޮފީހުން ވަނީ ކޯޓަށް ވެސް ހުށަހަޅާފައެވެ.

ވެމްކޯގެ މުސާރަ ދިނުން ލަސްވަމުން އަންނަ އިރު އެކުންފުނީގެ މާލީ ހާލަތު މިހާރު ހުރީވަރަށް ދަށުގައެވެ. ކުންފުނީގައި އެތައް މުވައްޒަފުންނެއް ތިބި އިރު ގިނަ މުވައްޒަފުންނަކީ ސިޔާސީ ބޭނުމަށް ނަގާފައިވާ މުވައްޒަފުންކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރެއެވެ.

ad