logo

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ދެން އޮންނާނީ އަންނަ ހަފުތާގައި

އާމިނަތު މޫސާ
6 ގަޑިއިރު ކުރިން

ރައްޔިތުންގެ މަޖިލީހުގެ ދެ ވަނަ ދައުރުގެ ޖަލްސާތައް ދެން ފަށާނީ މި މަހުގެ 15 ވާ ހޯމަ ދުވަހުން ފެށިގެންކަމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނެފިއެވެ.

މި އަހަރުގެ ދެވަނަ ދައުރު ފެށީ، މިދިޔަ ހޯމަ ދުވަހު ކަމަށްވާއިރު، އެ ދުވަހުގެ ޖަލްސާއަށް ފަހު ހަފުތާއަކަށް މަޖިލީހުގެ ޖަލްސާތައް ވަނީ މެދުކަނޑާލާފައެވެ.

އެ ދުވަހުގެ ޖަލްސާ ނިންމަވައިލައްވަމުން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުالله ވިދާޅުވީ، މަޖިލީހުގެ ޖަލްސާއެއް ދެން އޮންނާނީ މި ހަފުތާގެ ހޯމަ ދުވަހު ކަމަށެވެ. ނަމަވެސް މިއަދު މަޖިލީހުގެ އިދާރާއިން މީޑިއާތަކަށް ފޮނުވި މެސެޖުގައި ބުނީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ދެން އޮންނާނީ މި މަހުގެ 15 ވާ ހޯމަ ދުވަހު ކަމަށެވެ.

މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން، އަހަރުގެ ފުރަތަމަ ދައުރު ހިނގާނީ ފެބްރުވަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން މޭ މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށެވެ. ނަމަވެސް މަޖިލީހުގެ ނައިބުރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅާފައި އޮތުމުން މަޖިލީހުގެ ޖަލްސާ ވަނީ މޭ މަހުގެ ނިޔަލަށް ކުރިއަށްގެންގޮސްފައެވެ.

އެންމެ ފަހުން އޮތް މަޖިލީހުގެ ޖަލްސާގައި ވަނީ މަޖިލީހުގެ ނައިބު ރައީސްގެ މަގާމަށް ބޭފުޅަކު އިންތިހާބުކޮށްފަ އެވެ. އެގޮތުން މަޖިލީހުގެ ނައިބު ރައީސްގެ މަގާމަށް އިންތިހާބު ކޮށްފައިވަނީ އޭދަފުށި ދާއިރާގެ މެންބަރު އަޙްމަދު ސަލީމެވެ.

ad