ނަޞްރުގެ ދުވަހާ ގުޅިގެން ކޮންމެ ދިވެހި ރައްޔިތަކުވެސް އެންމެ ބޮޑު ފިލާވަޅެއްގެ ގޮތުގައި ލިބިގަންނަންޖެހެނީ ޤައުމީ މަޞްލަޙަތު އިސްކުރުމުގެ މުހިންމުކަންކަމަށް ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވަޒީރު ޙަސަން ރަޝީދު ވިދާޅުވެއްޖެއެވެ.
މިއަދު ފާހަގަކުރަމުންދާ ނަސްރުގެ ދުވަހުގެ ޚާއްޞަ މުނާޞަބަތުގައި ދެއްވި ޚިޠާބުގައި ވަޒީރު ވިދާޅުވީ، 1988 ނޮވެމްބަރު 3ގައި ރާއްޖެއަށް ކުރިމަތިވި ޢުދުވާނީ ޙަމަލާއަކީ ދިވެހިންގެ މަދުބަޔަކު ބޭރުގެ ނިރުބަވެރިންނާ ގުޅިގެން ޤައުމުގެ މިނިވަންކަމާއި ސިޔާދަތު ނަގާލުމަށް ދިން ނުރައްކާތެރި ޙަމަލާއެއް ކަމަށެވެ. އެ ދުވަހު ދުޝްމަނުން ދިން ރަޙުމެއްނެތް ޙަމަލާތަކުގައި ޝަހީދުވި 19 ދިވެހިންގެ ތެރޭގައި ހިމެނޭ 8 ސިފައިންނާއި 11 އާންމުންގެ ޒިކުރާ އައު ކުރައްވަމުން ވަޒީރު ފާހަގަކުރެއްވީ، އެ ބޭފުޅުން ފުރާނައިން ވެވަޑައިގެންނެވި ޤުރުބާނީއަކީ މުޅި ޤައުމު އެކަމަށްޓަކައި އަބަދުވެސް ފަޚުރުވެރިވާނެ ކަމެއް ކަމަށެވެ.
އަދި މިއަދު ކޮންމެ ދިވެހި ރައްޔިތެއްގެވެސް ވާޖިބަކީ ޤައުމުގެ ޚާއިނުންނާއި ދުޝްމަނުންގެ ނުބައި ރޭވުންތަކުން ޤައުމު ސަލާމަތްކުރުމަށްޓަކައި އެއްބައިވަންތަކަމާއެކު ސާބިތުވެ ތިބުން ކަމަށާއި، ދީނާއި ޤައުމު ދެކެ ލޯބިވާ ބަޔަކަށްވުން ކަމަށްވެސް ދިފާޢީ ވަޒީރުގެ ޚިޠާބުގައި އެދިވަޑައިގެންނެވިއެވެ.
ނަސްރުގެ ދުވަހު ލިބިގަންނަވީ ޤައުމު އިސްކުރުމުގެ ފިލާވަޅު: ޑިފެންސް މިިނިސްޓަރ
މަރްޔަމް
5 ގަޑިއިރު ކުރިން

ޑިފެންސް މިނިސްޓަރ ޙަސަން ރަޝީދު
