logo

ދަނޑުވެރި ކަމުގެ މުސްތަޤްބަލް އޮތީ ޒުވާނުންގެ އަތް މަތީގައި: ވަޒީރު ޝިޔާމް

މަރްޔަމް
16 ގަޑިއިރު ކުރިން

ދަނޑުވެރިން ގެ ދުވަހާއި ދުނިޔޭގެ ކާބޯތަކެތީގެ ދުވާހާއި ގުޅުވައިގެން ބޭއްވި " ދަނޑުވެރިކަމުގެ ކުރިމަގުގެ ފޯރަމް 2026" ގައި ވަޒީރު ޝިޔާމް ވިދާޅުވީ ދަނޑުވެރިކަމުގެ ދާއިރާއިން އަމަލި ތަޖުރިބާ ހޯދުމަކީ މުހިއްމުކަމެއް ކަމަށާއި ޚާއްޞަކޮއް ދަރިވަރުންނާއި ޒުވާނުން މި މަސައްކަތުގައި ޢަމަލީ ގޮތުން ބައިވެރިވުން އިތުރު ކުރަން ޖެހޭ ކަމަށެވެ. އަދި ދަނޑުވެރި ކަމުގެ މުސްތަޤްބަލް އޮތީ ޒުވާނުންގެ އަތް މަތިގައި ކަމަށް ވެސް މިނިސްޓަރ ޝިޔާމް ވިދާޅުވިއެވެ.

މިފޯރަމްގެ ތެރެއިން ސ. އަތޮޅު މަދަރުސާގެ ދަރިވަރުން ދަނޑުވެރި ކަމާއި ގުޅޭ އާ އީޖާދީ އުފެއްދުންތަކާއި މެދު އެކުދިން ދެކޭގޮތގެ ޚިޔާލީ ޕްރެސެންޓެޝަން އެއް ހުށަހަޅާފައި ވެއެވެ. މީގެ އިތުރުން ފުޅާ ދާއިރާއެއްގައި ދަނޑުވެރި ކަމުގެ ސިނާއަތާއި ގުޅޭގޮތުން މަޝްވަރާ ކުރުމަށް ޚާއްޞަ ޕެނަލް ޑިސްކަޝަން އެއް ވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.

ހަމަ މިޔަ އެކު ދަނޑުވެރިކަމުގެ ދާއިރާއަށް ކުރިމަތިވާ ގޮންޖެހުން ތަކާއި މި ސިނާއަތް އިތުރަށް ކުރިއަރުވާ ތަރައްޤީ ކުރުމަށް ކުރެވިދާނެ ކަންތައްތަކާއި ބެހޭ ގޮތުންވެސް މަޝްވަރާކޮއްފައި ވެއެވެ.

ad