-
-
logo

މާލެއިން 31 އަހަރުގެ އަންހެނަކު ގެއްލިގެން ހޯދަން ފަށައިފި

އާޝިޔާ ޞާލިޙް
ދުވަހެއް ކުރިން
މާލެއިން 31 އަހަރުގެ އަންހެނަކު ގެއްލިގެން ހޯދަން ފަށައިފި

މާލެއިން މީހަކު ގެއްލިގެން ފުލުހުންނަށް ރިޕޯޓްކުރުމާ ގުޅިގެން އެމީހާ ހޯދުމުގެ މަސައްކަތް ދިވެހި ފުލުހުންގެ ޚިދުމަތުން ފަށައިފިއެވެ.

ގެއްލިގެން ހޯދަމުންދަނީ ތ. ތިމަރަފުށި، ސަލްވާ، އުމުރުން 31 އަހަރުގެ ފާޠިމަތު ޝަހުދާއެވެ.

އޭޕްރީލް 22 ވަނަ ދުވަހުން ފެށިގެން ފާޠިމަތު ޝަހުދާ ހަބަރެއް ނުވެ ގެއްލިފައިވާކަމަށް ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ އޭޕްރީލް 24 ވަނަ ދުވަހު 20:00 އެހައިކަންހާއިރުއެވެ.

ފާޠިމަތު ޝަހުދާ އެންމެ ފަހުން ފެނިފައިވަނީ މާލެ، އަލިކިލެގެފާނުމަގު ސިޓީ ޕާކް ސަރަހައްދުންކަމަށާއި އެއިރު ލައިގެން ހުރީ ފެހި ކުލައިގެ ހެދުމެއްކަމަށް އާއިލާއިން މައުލޫމާތުދެއެވެ.

ފާޠިމަތު ޝަހުދާއާބެހޭ އެއްވެސް މައުލުމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ ތ. ތިމަރަފުށި ޕޮލިސް ސްޓޭޝަން ނަންބަރު 9792269 އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދެމެވެ.

ad