މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން ކަޅުބިލަ މަސް ގަންނަ އަގު މަތިކޮށްފިއެވެ. މި އަގުގަ މަސްގަންނަން ފަށާފައިވާއިރު، މިފްކޯއިން ޕްރައިވެޓް ކުންފުނިތަކާއި މާކެޓް އަގު އެއްވަރުކޮށް މަސްގަންނަން ވަނީ ފަށާފައެވެ. މިދިޔަ އަހަރު ފަހުޅޮވެސް 18.50 ރުފިޔާ އަށް ވަނީ މަސްގަނެފައެވެ.
މިފްކޯ ކޫއްޑޫ އައްޑޫ ގެ އިތުރުން ގދ. ތިނަދޫ، ގދ.ފަރެސް މާތޮޑާ، ގދ. ގައްދޫ، ފުވައްމުލައް ސިޓީ އަދި ހއ އިހަވަންދޫ ބަނދަރުން މިއަދު މަސް މިއަގުގައި ގަންނަންވަނީ ފަށާފައެވެ.
މީގެ ކުރިން 17 ރުފިޔާއަށް ވެސް މަސް ގަނެފައެވެ.
މަސްވެރިންނަށް 20 ރުފިޔާ ދިނުމަކީވެސް ސަރުކާރުގެ ވައުދެކެވެ. މީގެ ކުރިން މަސްކިލޯއެއް ވަނީ -/25 ރުފިޔާއަށްވެސް ދީފައެވެ. މި ސަރުކާރުގެ ވަޢުދާ އެއްގޮތަށް މަހުގެ އަގު 20 ރުފިޔާއަށް ބަދަލުކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކެއުޅުންނާއި ބައްދަލުކުރެއްވުމުން ވަނީ އެކަމަށް ކެޔޮޅުން ވަނީ އެދިފައެވެ.


