ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލުން ނެއްޓި، ސޯލާ ޕެނަލްތައް ހަރުކޮށްފައި ހުރި ހޮޅިދަނޑިތަކުގައި ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.
ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ހާމަކޮށްފައިވާ ގޮތުގައި، މި އެކްސިޑެންޓް ހިނގި ކަމުގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މިއަދު ހެނދުނު 8:42 ހާއިރުއެވެ. މި ހާދިސާގައި ކާރު ކޮންޓްރޯލުން ނެއްޓި ހޮޅިދަނޑިތަކުގައި ޖެހި ވަނީ ފުރޮޅާލައިފައެވެ.
މި އެކްސިޑެންޓްގައި ހޮޅިދަނޑިތަކުގައި ޖެހި ކާރުވަނީ ފުރޮޅާލާފައެވެ. އަދި މި ހާދިސާ ހިނގި ވަގުތު ކާރުގައި ބޮޑު މީހަކާއި ކުޑަކުއްޖަކު ތިބި އިރު، އެ ދެ މީހުންނަށް މިހާރު ޓްރީޓޮޕް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށްވެސް ފުލުހުން ބުނެއެވެ.
މި އެކްސިޑެންޓް ހިނގި ވަގުތު ކާރުގެ ތެރޭގައި ބޮޑު މީހަކާއި ކުޑަކުއްޖަކު ތިއްބެވެ.
ފުލުހުން ބުނީ، މި އެކްސިޑެންޓުގައި އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައި ނުވާ ކަމަށް މަޢުލޫމާތު ލިބިފައިވާ ކަމަށެވެ. އެހެންނަމަވެސް ކާރަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާ ކަމަށް އެއިދާރާއިން ބުނެއެވެ.
މި އެކްސިޑެންޓުގައި ކާރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

