logo

ދިއްދޫގައި ޑްރަގް ވިއްކާ ދުވަސްވީ މީހަކު ހައްޔަރުކޮށްފި

މަރްޔަމް
16 ގަޑިއިރު ކުރިން

ހދ. ދިއްދޫގައި މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ އަދި އެ ތަކެތީގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި އުމުރުން ދުވަސްވީ މީހަކު ހައްޔަރުކޮށްފި އެވެ.

މި މަހުގެ 13 ގައި ހިންގި އޮޕަރޭޝަނެއްގައި ހައްޔަރުކުރީ މ. މާހަލް، މާލެ، ޢަބްދުޙަންނާން އާދަމް، 60، އެވެ.

ފުލުހުން ބުނީ އޭނަ ދިއްދޫ ބަނދަރު މަތިން ހުއްޓުވައި ބަލައި ފާސްކުރި އިރު، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް އަޅާފައި ހުރި ތިން ރަބަރު ޕެކެޓް ވަނީ ފެނިފައިވާ ކަމަށާއި ފެނުނު ތަކެތީގެ ވަގުތީ ބަރުދަނުގައި 36.9 ގްރާމް ހުރި ކަމަށެވެ. އަދި އަދި އޭގެ ތެރެއިން 16.3 ގްރާމްގެ ތަކެއްޗަކީ މެތަމްފެޓަމިން ކަމަށް ވެސް ފުލުހުން ބުންޏެވެ

މި މައްސަލައާ ގުޅިގެން ހަންނާނުގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ބަންދަށް 15 ދުވަސް ޖަހާފައިވެ އެވެ.

ad