ކާބޯތަކެތި ބަންދުކުރުމަށް ބޭނުންކުރާ ކްލިންގް ފިލްމުން ޑިއުޓީ ނުނަގާ ގޮތަށް މުދާ އެކްސްޕޯޓްކުރުމާއި އިމްޕޯޓްކުރުމާއި ރީއެކްސްޕޯޓްކުރުމުގެ ގަވައިދަށް ބަދަލު ގެނެސް އަމަލު ކުރަން ފަށައިފި އެވެ.
އިކޮނޮމިކް މިނިސްޓްރީން އިއްޔެ ވަނީ އެ ގަވައިދުގެ 30 ވަނަ މާއްދާއަށް ބަދަލު ގެނެސް ގެޒެޓުކޮށްފަ އެވެ.
އެ ނަންބަރުގައި ބަޔާންކޮށްފައި ވަނީ އިމްޕޯޓު އެކްސްޕޯޓު ގާނޫނުގެ 39 ވަނަ ބާބުގެ (ޏ)ގައި ބަޔާންކޮށްފައިވާ ކާބޯތަކެތި ބަންދުކުރުމަށް ބޭނުންކުރާ ބާވަތްތަކުގެ ތެރެއިން ޑިއުޓީ ނުނެގޭނެ ބާވަތްތަކެވެ.
މީގެ ކުރިން ގަވައިދުގައި ބުނާ ގޮތުން ޑިއުޓީ ނުނެގޭނީ ކާބޯތަކެތި ބަންދުކުރުމަށް ބޭނުންކުރާ ސިންގަލް ޔޫސް ނުވަތަ ޑިސްޕޯސަބަލް ފިލްމާއި ޝީޓު އަދި ޓިއުބްރޯލުންނެވެ.
މީގެ ތެރޭގައި ވަގުތީ ގޮތުން ތަކެތި ބަންދު ކުރުމަށް ބޭނުންކުރާ ކްލިން ފިލްމާއި ފުޑް ރެޕިން ނުހިމެނޭނެ ކަމަށް ގަވައިދުގައި ކުރިން ބަޔާންކޮށްފައިވެ އެެވެ.
ގަވައިދަށް ގެނައި ބަދަލާ އެކު، މީގެ ކުރިން ގަވައިދުން އިސްތިސްނާކޮށްފައިވާ ކްލިންގް ފިލްމާއި ފުޑް ރެޕިން އިން ދެން ޑިއުޓީއެއް ނުނަގާނެ އެވެ.

