logo

ތެލަސީމިއާ ޑިޖިޓަލް ކާޑު ތައާރަފުކޮށްފި

މަރްޔަމް
2 ގަޑިއިރު ކުރިން

ޓެސްޓްކުރާ މީހުންނަށް މީގެ ކުރިން ދޫކުރަމުން އައި ތެލަސީމިއާ ޕްރިންޓް ކާޑުގެ ބަދަލުގައި ތެލަސީމިއާ ކެރިއާ ޑިޖިޓަލް ކާޑު ތައާރަފުކޮށްފި އެވެ.

މޯލްޑިވިއަން ބްލަޑް ސާވިސެސް (އެމްބީއެސް) އިން ބުނީ، ތެލަސީމިއާ ޑިޖިޓަލް ކާޑު ތައާރަފްކުރީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުފުޅާ އެއްގޮތަށް، ލޭގެ ބަލިތަކަށް ހާއްސަ ވަށައިޖެހޭ ފަރުވާގެ ނިޒާމެއް ގާއިމުކުރުމަށް ކުރަމުން އަންނަ މަސައްކަތްތަކުގެ ދަށުން ކަމަށެވެ.

އާ ބަދަލާއެކު ކުރިން ދޫކުރަމުން އައި ޕްރިންޓް ކާޑުގެ ބަދަލުގައި، ތެލަސީމިއާ ކެރިއަރެއްކަން ނުވަތަ ނޫންކަން އަންގައިދޭ ކާޑުގެ ހަތް ބާވަތެއް ހިމެނޭ ޑިޖިޓަލް ކާޑު ދޫކުރާނެ އެވެ. އަދި، ކާޑުގެ ސައްހަކަން ކަށަވަރު ކުރުމަށް ހާއްސަ ކިއުއާރު ކޯޑެއް ވެސް ހިމަނާފައިވެ އެވެ.

ޑިޖިޓަލް ކާޑު ދޫކުރާނީ އީމެއިލާއި ވަޓްސްއެޕް މެދުވެރިކޮށެވެ.

އެމްބީއެސް އިން ބުނީ، މި ކޯޑު މެދުވެރިކޮށް، ތެލަސީމިއާ ކެރިއަރުންނަށް އާއިލާ ރޭވުމުގައި ބޭނުންވާނެ މުހިންމު އިރުޝާދުތަކާއި މަޢުލޫމާތުތައް ފަސޭހަކަމާއެކު ލިބޭނެ ކަމަށެވެ.

ad