ހިޖުރީ ސަނަތުން 1448 ވަނަ އަހަރު ފެށިގެން ދާއިރު، މިއަހަރަކީ ދިވެހިރާއްޖޭގެ އިސްލާމީ ކަންތައްތަކަށް ފާހަގަތި އަހަރަކަށް ވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް އިސްލާމީ ކަންތަކާއި ބެހޭ ވަޒީރު ޑރ. ޝަހިމް ވިދާޅުވެއްޖެއެވެ.
ޝަހީމް ވިދާޅުވީ މިއަހަރުގެ އުންމިދަކީ ޒުވާން ޚަޠީބުންގެ ޢަދަދު 1 ހާހަށް އަރާނެ ކަމަށާއި، ޙާފިޒުންގެ ޢަދަދު 350 އަށް ގާތްކުރާނެ ކަމަސެވެ. އަދި ބިޔަ ބޮޑު ވަޤުފު ބިނާތައް ނިމި ވަޤުފު ފަންޑާއި ޒަކާތު ފަންޑު އިތުރުވެ ފަށާފައިވާ އިސްލާމީ މަރުކަޒުތަކުގެ މަސައްކަތް ނިމެންގާތްވާނެ ކަމަށެވެ.
އަދި އުންމީދަކީ ހުޅުމާލެގައި ބިނާކުރެވޭ ބޮޑު މިސްކިތުގެ ޢަމަލީ މަސައްކަތް ފެށިގެން ދިއުމާއި އަތޮޅުތަކާއި ހުޅުމާލެގައި ބިނާކުރަމުންދާ ދާއިމީ ގިނަ މިސްކިތްތަކެއް ނިމި ހުޅުވިގެން ދިއުން ކަމަށެވެ. މި ނޫނަސް ގިނަ ކުރިއެރުންތަކެއް މިއަހަރު އިސްލާމީ ދާއިރާއަށް އަންނާނެ ކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން ފަހަގަ ކުރެއްވީ 1448 ވަނަ އަހަރަކީ ރާއްޖެ އިސްލާމީ ހިދާޔަތުގެ ޤަބޫލުކުރިތާ 900 އަހަރުވާ އަހަރު ކަމުން، ކުރިއަށް އޮތް އިސްލާމީ ޤަރުނަށް ރާއްޖޭގެ އިސްލާމީ ޙަޟާރަތުގެ އަސާސްތައް ވަރުގަދަ ކުރުމުގެ ހަރުދަނާ ބިންގާތަކެއް އެޅިގެންދާނެ އަހަރެއް ކަމަށެވެ.
ޢަޒުމަކީ ރާއްޖޭގެ އިސްލާމީ ޝަޚްޞިއްޔަތު ދަމަހައްޓާނެ ހަރުދަނާ ޖީލަކާއި ވަރުގަދަ އިސްލާމީ ޢުމްރާނީ ކުރިއެރުން ގެނައުން ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

.jpg&w=256&q=75)
