logo

އަންނަ މަހުން ފެށިގެން ބަރުމަރުކާ ނެތް އުޅަނދުތަކަށް ޓީޖެޓީ ސަރަހައްދަށް ނުވަދެވޭ ގޮތަށް ހަމަޖައްސަނީ

މަރްޔަމް
16 ގަޑިއިރު ކުރިން

އަންނަ މަހުން ފެށިގެން ބަރު މަރުކާ ނެތް އުޅަނދުތަކަށް ޓީޖެޓީއަށް ނުވަދެވޭނެ ކަމަށް އެ ޖެޓީ އޮޕަރޭޓް ކުރާ އެމްޕީއެލުން ބުނެފިއެވެ.

އެމްޕީއެލް އިން މިއަދު ބުނީ މިއީ ކަނޑު ދަތުރުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގޮތުންނާއި، އުޅަނދު ފަހަރަށް ހުއްދަކުރެވިފައިވާ މިންވަރަށްވުރެ އިތުރަށް މުދާ ބަރުކުރުން ހުއްޓުވުމަށް ކަމާ ބެހޭ އިދާރާތަކުން އަޅާ ފިޔަވަޅެއްކަމަށެވެ.

ކަނޑުމަތީގެ ސަލާމަތާ ރައްކާތެރިކަމަށް ޓަކައި އަންނަމަހު އެކަކުން ފެށިގެން ޓީޖެޓީއަށް ވަދެވޭނީ ވަކި ޝަރުތުތަކެއް ހަމަވާ އުޅަނދުފަފަހަރަށްކަމަށް ވެސް އެމްޕީއެލުން ބުންޏެވެ. މިގޮތުން އުޅނދުގެ އަރިމަތީގައި ބަރުމަރުކާގެ ރަސްމީ ނިޝާން ހުންނަން ޖެހޭ ކަމަށާއި މުއްދަތު ހަމަނުވާ ބަރުމަރުކާގެ ސެޓްފިކެޓެއް އޮތުމާއި އުޅަނދު ދަތުރު ކުރަން ޓްރާންސްޕޯޓުން ދޫކޮށްފައިވާ އެންމެހާ ލިޔެކިޔުން ތައް ހަމަޔަށް ހުރުން ޝަރުތު ކޮށްފައިވެއެވެ.

އެހެންކަމުން ޚިދުމަތް ހޯދުމުގައި ދަތިތައް ކުރިމަތިނުވާނެ ގޮތަށް އުޅަނދުފަހަރުގެ ވެރިންނާއި ކެޕްޓަނުން މުއްދަތު ހަމަވުމުގެ ކުރިން ސެޓްފިކެޓްތައް އާކޮށް ނިޝާން ޖެހުމަށް އެމްޕީއެލުން އިލްތިމާސް ކުރެއެވެ.

ad