logo

މެލޭޝިޔާގެ ބޮޑުވަޒީރުގެ ޒިޔާރަތަކީ ދެ ޤައުމުގެ ގުޅުމުގައި ހުޅުވުނު އައު، އުޖާލާ ޞަފްޙާއެއް: ރައީސް

މުސްލިމާ ޙަސަން
2 ދުވަސް ކުރިން

މެލޭޝިޔާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ދިވެހިރާއްޖެއަށް ކުރެއްވި ތާރީޚީ ފުރަމާނަ ދަތުރުފުޅަކީ ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ އެކުވެރިކަމުގެ ގުޅުމުގައި ހުޅުވިގެންދިޔަ އައު އަދި އުޖާލާ ޞަފްޙާއެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ އެމަނިކުފާނުގެ ދައުވަތަކަށް މި މަހުގެ 14 އިން 15އަށް މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހިމް ރާއްޖެއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅާ ގުޅިގެން ބޮޑުވަޒީރަށް ޝުކުރު އަދާކުރައްވައި ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، ބޮޑުވަޒީރު ރާއްޖެއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި، މިތަނަށް ވަޑައިގެންނެވުމަކީ އެމަނިކުފާނަށް ވަރަށްބޮޑު އުފާފުޅެއް ލިބިވަޑައިގެންނެވި ކަމެއް ކަމުގައި ވިދާޅުވެފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، ވިޔަފާރިއާއި އިންވެސްޓްމަންޓްގެ ދާއިރާއިންނާއި، ތަޢުލީމީ ދާއިރާއާއި، ޞިއްޙީ ދާއިރާއާއި، ފަތުރުވެރިކަމާއި، ދެމެހެއްޓެނިވި ތަރައްޤީއާއި، އިސްލާމީ ކަންކަމާއި، ދިފާޢީ ދާއިރާއިން ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ދެޤައުމުގެ ދެމެދުގައި އޮތް އަހަންމިއްޔަތު ހާމަވެގެން ގޮސްފައިވާކަން ފާހަގަކުރިއެވެ.ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، ރާއްޖޭގެ ބޭންކުތައް މެދުވެރިކޮށް، ކުރު މުއްދަތުގެ 100 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް ކުރެއްވުމަށް އެއްބަސްވެވަޑައިގެންފައިވާކަމަށްޓަކައި ޝުކުރު އަދާކުރެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، ރާއްޖެއާއި މެލޭޝިޔާގެ އިޤްތިޞާދީ ގުޅުން އިތުރަށް ބަދަހިކޮށް، ރާއްޖެއާއި ރައްޔިތުންނަށާއި ވިޔަފާރިތަކަށް އާ ފުރްޞަތުތައް ހުޅުވިގެންދާނެ ފިޔަވަޅުތަކުގެ މައްޗަށް އަލިއަޅުއްވައިލައްވައި، އިޤްތިޞާދީ ގުޅުން އިތުރަށް ބަދަހިކޮށް، ވިޔަފާރިވެރިންނަށް އިތުރު ފުރުސަތުތައް ހުޅުވިގެންދާނެ ޕްރިފަރެންޝަލް ޓްރޭޑް އެގްރީމެންޓެއްގެ މަޝްވަރާތައް ފަށްޓަވައިދެއްވުމަށް މެލޭޝިޔާ ސަރުކާރުން އެއްބަސްވެވަޑައިގެންފައިވާކަންވެސް ފާހަގަކުރެއްވިއެވެ.ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، ރާއްޖެއާއި މެލޭޝިޔާއާ ދެޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގާތް ރަޙްމަތްތެރި ގުޅުން ކުރިއަށް އޮތް އަހަރުތަކުގައި އިތުރަށް ބަދަހިވެގެންދާނެކަން ޔަޤީން ކުރައްވާ ކަމުގައިވެސް ވިދާޅުވެފައިވެއެވެ.

ކުރިއަށް އޮތް އަހަރުތަކުގައި ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުންމީދު ކުރާ ކަމަށާއި، އެކުވެރިކަން ދިގު މުއްދަތަކަށް ދެމިގެންދާނެ ކަމަށް ވެސް ވިދާޅުވިއެވެ.

ad