ފިލިފީންސްއަށް އެރި ތޫފާނުގައި މަރުވި މީހުންގެ އަދަދު 47 އަށް އަރައިފިއެވެ.
މަރުވި މީހުންގެ ތެރޭގައި "ކަލްމައީގީ" ގެ ނަމުން މަޝްހޫރު އެ ތޫފާނުގެ ސަބަބުން އަސަރު ކުރި ސަރަހައްދުތަކުގައި ރިލީފް އޮޕަރޭޝަންތަކަށް ފޮނުވާފައިވާ އެގައުމުގެ އެއް ހެލިކޮޕްޓަރު ކަމަށްވާ މިންޑަނައޯ އައިލެންޑްސް ވެށްޓިގެން މަރުވި ހަ މީހުން ވެސް ހިމެނެއެވެ. ސެންޓްރަލް ސަރަހައްދުގައިވާ ސެބޫ ޕްރޮވިންސްއިން 39 މީހުން މަރުވެފައިވާ ކަމަށާއި ބޮހޯލް ރަށުން ވެސް އެކަކު މަރުވެފައިވާ ކަމަށް ރިޕޯޓްކޮށްފައިވެއެވެ. ފިލިޕީންސްގެ މެދުތެރޭގެ ބައެއް ސަރަހައްދުތަކަށް އިއްޔެ ތޫފާން "ކަލްމައީގީ" އަރާފައިވާއިރު އެ ސަރަހައްދުތަކަށް ބޯކޮށް ވިއްސާރަވެހުމާކުގެ ފެންބޮޑުވެ، ފަސް މީހަކު މަރުވެ ލައްކައެއްހާ މީހުންގެ ގެދޮރު ގެއްލިފައިވާ ކަމަށް ވެސް ރިޕޯޓްކޮށްފައިވެއެވެ. އެ ތޫފާން އެ ސަރަހައްދުތަކަށް އެރުމުގެ ކުރިން 24 ގަޑިއިރު ތެރޭގައި ޕްރޮވިންސްގެ ވެރިރަށް ސެބޫ ސިޓީ ވަށައިގެންވާ ސަރަހައްދުގައި 183 މިލިމީޓަރުގެ ވާރޭ ވެހިފައިވާއިރު، މިއީ މަހަކު އާންމުކޮށް ރިކޯޑު ކުރެވޭ އެވްރެޖްކޮށް 131 މިލިމީޓަރަށް ވުރެ ގިނަ މިންވަރެއް ކަމަށް އެ ސްޓޭޓްގެ މޫސުމާ ބެހޭ ސްޕެޝަލިސްޓް ޗާމަގްނޭ ވަރިލާއާ ހަވާލާދީ އޭއެފްޕީން ބުނެއެވެ.
ސެބޫ ސިޓީއަކީ ދިވެހި ދަރިވަރުންވެސް ދިރިއުޅެމުން އަންނަ ފިލިޕީންސްގެ ސިޓީއެކެވެ.


