logo

ނޭޝަނަލް ފާޓިލިޓީ ސެންޓަރަކީ ރާއްޖޭގެ ސިއްހީ ހިދުމަތަށް ލިބިގެންދިޔަ ބޮޑު ކުރިއެރުމެއް

އާމިނަތު މޫސާ
9 ގަޑިއިރު ކުރިން

ދަރުމަވަންތަ ހޮސްޕިޓަލުގެ ނޭޝަނަލް ފަޓިލިޓީ ސެންޓަރުގައި ވޭތުވެދިޔަ އެއް އަހަރު ދުވަހުގެ ތެރޭގައި އައިވީއެފް ފަރުވާ ފުރިހަމަކޮށް ކާމިޔާބުކަމާއެކު ދެ ކުދިން އުފަންވެއްޖެއެވެ.

ނޭޝަނަލް ފަރޓިލިޓި ސެންޓަރުން ބުނި ގޮތުގައި ފުރަތަމަ ކުއްޖާގެ އުމުރުން މިހާރު 27 މަހެވެ. އަދި ދެވަނަ ކުއްޖާގެ އުމުރުން 23 މަހެވެ. މިއީ ރާއްޖޭގެ ދަރިމައިވުމުގެ ސިއްހަތުގެ ދާއިރާއިން ހޯދާފައިވާ ބޮޑު ކާމިޔާބީއެކެވެ. މިކަން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ދެކަނބަލުންނެވެ.
ދަރިމައިވުމުގެ ފަރުވާގެ ހުރިހާ މަރުހަލާއެއް ފުރިހަމަކުރުމަށް ބޭނުންވާ ހުރިހާ ނިޒާމުތަކެއް ސެންޓަރުގައި ވަނީ ގާއިމުކޮށްފައެވެ. އެގޮތުން ފުރަތަމަ މަރުހަލާގައި ދެމަފިރިންނަށް ކައުންސެލިން ފޯރުކޮށްދީ އެ މަރުކަޒުން ފޯރުކޮށްދޭ ހިދުމަތްތަކާމެދު އިތުބާރު ގާއިމުކުރެއެވެ. ފަަރުވާ ފެށުމުގެ ކުރިން ގުދުރަތީ ގޮތުން ދަރިމައިވުމަށް ހުރަސްއެޅޭ ސަބަބުތައް ޑޮކްޓަރުންނާއި ޓެކްނީޝަނުންގެ ޓީމުން ދެނެގަނެ، އެކަން ކަން ތަފްސީލްކޮށް ދެމަފިރިންނަށް ކިޔައި ދެއެވެ.

އެއަށްފަހު އަނބިމީހާގެ އެންމެ ދުޅަހެޔޮ ބިހާއި ފިރިމީހާގެ ދަރިފަނީގެ ތެރެއިންް އެންމެ ދުޅަހެޔޮ ދަރިފަނި ނަގައި، ފަރުވާތެރިކަމާއެކު ގުޅުވައިލައެވެ. އެއަަށްފަހު އެ ދަރިމައިކުރެވިފައިވާ ބިސް މައިމީހާގެ ރަހިމުގައި އަށަގެންނެވުމަށް ރަހިމުގައި ބައިންދައެވެ. އޭގެ ފަހުގައި ކުރިއަށްދާ މަރުހަލާއަކީ މައިމީހާގެ ރަހިމުގައި ނުވަތަ ބިސްރަވައިގައި އެ ބިސް ބޮޑުވަމުންދާ ގޮތް ސްކޭނުތަކާއި ލޭގެ ޓެސްޓުތައް މެދުވެރިކޮށް މޮނީޓާކޮށް ބަލަމުން ގެންދިއުމެވެ. އެ ފަރުވާ ކާމިޔާބުވެއްޖެނަމަ، މައިމީހާ ބަލިވެ އިނދެއެވެ. އެއަށްފަހު ވިހެއުމާ ހަމައަށް ޑޮކްޓަރުން މައިމީހާއާއި ބަނޑުގައިވާ ދަރިފުޅުގެ ހާލަތު ކައިރިން ބަލައި ދޭންޖެހޭ އިރުޝާދުތައް ދެއެވެ.

ދަރުމަވަންތަ ހޮސްޕިޓަލްގެ ފަރޓިލިޓީ ސެންޓަރުގައި އުފަންވި ފުރަތަމަ ކުއްޖާގެ ޢުމުރުން މިހާރު 27 މަހެވެ. އަދި ދެވަނަ ކުއްޖާގެ ޢުމުރުން 23 މަހެވެ. މިއީ އެޢާއިލާތަކާއި މުޅި ފަރޓިލިޓީ ސެންޓަރުގެ ޓީމަށް ލިބުނު އުފަލެކެވެ.

ފަރޓިލިޓި ސެންޓަރަށް އަހަރެއްވީއިރު ދަރިމައިވުމަށް އެދޭ 578 ދެމަފިރިއަކުވަނީ ޑޮކްޓަރަށް ދައްކާފައެވެ. އަދި އެމުއްދަތުގެ ތެރޭގައި އައިވީއެފް ހެދުމަށް 96 މީހަކު ހޮވާ އޭގެތެރެއިން 86 އަންހެނުންގެ ބިސް ނެގުމުގެ މަރުޙަލާވަނީ ފުރިހަމަކޮށްފައެވެ. އަދި 68 އަންހެނުންގެ ރަޙިމުގައި އެމްބްރިއޯ ބަދަލުކޮށްފައިވާކަމަށް އެހޮސްޕިޓަލުން ބުނެއެވެ.

އޭގެ ތެރެއިން 23 އަންހެނުން މާބަނޑުވެފައިވާއިރު މިހާރު އަންނަނީ ވިހެއުމުގެ ދުވަސްތައް ހޭދަކުރަމުންކަމަށް ހޮސްޕިޓަލުން ވިދާޅުވެއެވެ. މީގެއިތުރުން ކެންސަރުގެ ވޭން ތަޙައްމަލުކުރަމުންދާ 3 ބަލި މީހަކަށް ފަރުވާއަށްފަހު ދަރިމައިވެވޭނެ މަގުފަހިކޮށް ދިނުމަށް ފަރޓިލިޓީ ޕްރިޒަވޭޝަން ޚިދުމަތްވަނީ ފޯރުކޮށްދީފައެވެ.

ad