މާލޭ ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ، އެމްޑަބްލިއުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ ޢަބްދުލްމަތީން މުޙައްމަދު މަޤާމުން އިސްތިއުފާދެއްވައިފިއެވެ.
ސަރުކާރުގެ ކުންފުނިތަކުގެ ކަންކަން ބަލަހައްޓާ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަންއިން މިއަދު ހަވީރު އެކްސްގައި ބުނީ މަތީން އެ މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެން އޭނާ މިއަދުން ފެށިގެން މަގާމުން ވަކިކޮށްފައިވާ ކަމަށެވެ. އޭނާ އިސްތިއުފާ ދެއްވި ވަކި ސަބަބެއް ހާމަކޮށްފައެއްނުވެއެވެ.
ލޯކަލް ކައުންސިލް އިންތިހާބު ނިމުނުފަހުން ގިނަ ކުންފުނިތަކެއްގެ އިސްވެރިން އިސްތިއުފާ ދިނުމާއި މަގާމުން ވަކިކުރުން ވަނީ އިތުރުވެފައެވެ.
މަތީނު އެމްޑަބްލިއުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ ކަމުގެ މަޤާމާގައި ހަވާލުވީ 2023ވަނަ އަހަރު ނޮވެމްބަރ މަހު 28ވަނަ ދުވަހުއެވެ.


