logo

ތިލަމާލެ ބްރިޖު މަޝްރޫއުގެ 72 އިންސައްތަ މަސައްކަތް ނިމިއްޖެ

އާމިނަތު މޫސާ
ގަޑިއިރެއް ކުރިން

ތިލަމާލެ ބްރިޖް މަޝްރޫއުގެ މަސައްކަތުގެ 72.17 އިންސައްތަ މިހާތަނަށް ފުރިހަމަ ކުރެވިފައިވާ ކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާ އިން ބުނެފިއެވެ.

މާލެ ސަރަހައްދުގައި ކުރިއަށްގެންދާ ޢުމްރާނީ ތަރައްޤީގެ އެންމެ ބޮޑު މަޝްރޫޢު ކަމުގައިވާ ތިލަމާލެ ބްރިޖުގެ އަދާހަމަކޮށް އެ ވުޒާރާއިން ބުނީ މިވަގުތު ސައިޓުގައި މައިގަނޑު ގޮތެއްގައި ކުރިއަށްދަނީ ބްރިޖް ޑެކަށް ބޭނުންވާ ސެގްމަންޓްތައް ކާސްޓްކުރުމާއި، އެ ތަކެތި އިންސްޓޯލްކުރުމުގެ މަސައްކަތް ކަމަށެވެ.

އެގޮތުން ބްރިޖް ޑެކަށް ބޭނުންވާ ޖުމްލަ 1,222 ސެގްމަންޓްގެ ތެރެއިން 86 އިންސައްތަ ސެގްމަންޓް މިހާރު ވަނީ ކާސްޓްކޮށް ނިމިފަ އެވެ. އަދި މީގެ ތެރެއިން 60 އިންސައްތަ ސެގްމަންޓް ވަނީ އިންސްޓޯލްކޮށް ނިންމާފަ އެވެ.

މީގެ އިތުރުން، ގުޅިފަޅުގައި ބްރިޖާ ގުޅޭ މަގުތައް ހެދުމުގެ މަސައްކަތް ބާރުސްޕީޑުގައި ކުރިއަށްދާއިރު، ތިލަފުށީގައި ކުރިއަށްދަނީ ބްރިޖާ ގުޅިގެން ޖަހަންޖެހޭ ރިވެޓްމަންޓް ޖެހުމާއި ކަލްވާޓްތައް ހަރުކުރުމުގެ މަސައްކަތް ކަމަށްވެސް އެ ވުޒާރާ އިން ބުނެ އެވެ.

ތިލަމާލެ ބްރިޖު އެޅުމުގެ މަސައްކަތް ކުރަނީ އިންޑިއާގެ އެހީގައި އެގައުމުގެ އެފްކޮންސް ކުންފުނިންނެވެ. އެ ބްރިޖަކީ 500 މިލިއަން ޑޮލަރު ގެ މަޝްރޫއެކެވެ. އެއީ އިންޑިއާގެ އެގްޒިމް ބޭންކުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ދޭ 400 މިލިއަން ޑޮލަރާއި އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ގޮތުގައި ލިބޭ 100 މިލިއަން ޑޮލަރެވެ.

މިމަޝްރޫޢު ކުރިޔަށް ގެންދިޔުމަށް ކަނޑައަޅާފައިވާ ޓައިމްލައިނާ އެއްގޮތަށް ކުރިޔަށްނުދާތީ އެކަމުގެ ކަންބޮޑުވުން ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުއިއްޒުގެ އިތުރުން ބިނާރާ ބެހޭ ވަޒީރު ޑރ ޑރ. އަބްދުﷲ މުއަތަލިބްވެސް ވަނީ ފާޅުކުރައްވާފައެވެ.

މި މަޝްރޫއުގައި މާލެއިން ގުޅީފަޅަށް އަޅާ ބްރިޖުގެ މަސައްކަތް ނިމޭ ތާރީހަކަށް މީގެ ކުރިން ދީފައި އޮތީ 31 މާޗް 2026 އެވެ. އަދި ގުޅީފަޅުން ތިލަފުއްޓަށް އެ މަސައްކަތް ނިމޭނެ ތާރީހަކަށް ދީފައި އޮތީ 30 ސެޕްޓެމްބަރ 2026 އެވެ.

ad