ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ފެރީގެ ހިދުމަތުގެ ދަށުން މިހާރު ނުފެށިފައިވާ މ. އަތޮޅުގައި މި މަހުގެ ތެރޭގައި އާރުޓީއެލްގެ ހިދުމަތް ފަށަން ތައްޔާރުވެފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ން ބުނެފިއެވެ.
އެމްޓިސީސީން ވަނީ އެ އަތޮޅަށް ވަޑައިގެން ކައުންސިލާއި ވެސް ބައްދަލުކޮށް ފެރީތައް ފެށުމަށް ވާން ޖެހޭ ފަހުގެ ތައްޔާރީތައް ވަމުންނެވެ.
މިހާރު މި ހިދުމަތް ރާއްޖޭގެ ގިނ ަސަރަހައްދުގައި ފުޅާވެފައިވާއިރު، ހއ.، ހދ.، ށ. ހިމެނޭ ޒޯނުގެ އިތުރުން ނ.، ރ.، އަދި ބ.ގެ އިތުރުން ޅ. އަތޮޅުގެ ޒޯނު އަދި އެންމެ ދެކުނުން ގއ.، ގދ.، ފުވައްމުލައް އަދި އައްޑޫގައިވެސް މި ހިދުމަތް ވަނީ ފަށާފައެވެ.
މި ހިދުމަތް ފެށުމުގެ ގޮތުން އެންމެ ފުރަތަމަ ހަފްތާ ހިލޭ ހިދުމަތް ލިބޭނެ ކަމަށް ވެސް އެމްޓީސީސީން ވަނީ ބުނެފައެވެ.


