ޙައްޖު ދުވަހަކީ ރަޙްމަތާއި ބަރަކާތާއި ބާއްޖަވެރިކަމާއި ރުއްސެވުމާއި ފުއްސެވުމުގެ ދުވަސް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
1447 ވަނަ އަހަރުގެ ޙައްޖު ދުވަހުގެ މުނާސަބަތުގައި، ދިވެހި ރައްޔިތުންނަށް ހެޔޮ ދަރުމަ އާއި ޘަވާބު ދެއްވުން އެދިވަޑައިގެން ދުޢާކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަނީ ޚާއްޞަ މެސެޖެއް ހިއްސާކުރައްވާފައެވެ. އެމަނިކުފާނުގެ މެސެޖު ފައްޓަވާފައިވަނީ ތަލްބިޔާގެ މާތް ބަސްތަކުންނެވެ.
އެކްސްގައި ހިއްސާކުރެއްވި މި މެސެޖުގައި އެމަނިކުފާނު މި ބަރަކާތްތެރި ދުވަސް ސިފަކުރައްވާފައިވަނީ، ރަޙްމަތާއި ބަރަކާތާއި ބާއްޖަވެރިކަމާއި ރުއްސެވުމާއި ފުއްސެވުމުގެ ދުވަހެއްގެ ގޮތުގައެވެ.
އަދި ދިވެހި ކޮންމެ އަހަކާއި އުހްތަކަށް، އަދި މުޅި އިސްލާމީ އުންމަތަށް މި ބަރަކާތްތެރި ހައްޖު ދުވަހުގެ އަޖުރާއި ރަޙްމަތް އެންމެ ހެޔޮގޮތުގައި ދެއްވުން އެދިވަޑައިގެން ދުއާ ކުރެއްވިއެވެ.
ޙައްޖު ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދުވެސް ވަނީ ސޯޝަލް މީޑިއާގެ އެކްސްގައި ދުވަހުގެ ތަހުނިޔާ ހިއްސާކުރައްވާފައެވެ. އެކަމަނާގެ މެސެޖުގައި، ދިވެހި ޙައްޖާޖީންނަށް މަބްރޫރު ޙައްޖަކަށް އެދިވަޑައިގެންފައިވެއެވެ. މީގެ އިތުރުން، ދިވެހި ކޮންމެ އަޚަކާއި އުޚްތަކަށް، އަދި މުޅި އިސްލާމީ އުންމަތަށް މި ބަރަކާތްތެރި ޙައްޖު ދުވަހުގެ އަޖުރާއި ރަޙްމަތް އެންމެ ހެޔޮގޮތުގައި ދެއްވުން އެދިވަޑައިގެން ދުޢާކުރައްވާފައިވެއެވެ.
މިއަދަކީ ހައްޖު ދުވަހަށްވާ އިރު، ހައްޖުވެރީން އަރަފާތު ބިމަށް ޖަމާވާނެއެވެ. އަދި މެންދުރު ނަމާދާއި އަސުރު ނަމާދު ކުުރުމަށް ފަހު އިރުއޮއްސުމާއި ހަމައަށް ދުއާކުރުމާއި ގުރުއާން ކިޔެވުމާއި ޒިކުރު ކުރުމުގައި ދެމިތިބޭނެއެވެ.
ހައްޖަށް ދިއުމުގެ ފުރުސަތު ނުލިބޭ މީހުން އެންމެ ބުއްދިވެރީ ރޯދަ ހިފުމެވެ. އީ ދެ އަހަރު ދުވަހުގެ ފާފަތައް ފޮހެވޭނެ ކަމެކެވެ.

