މަފާޒް އަކީ ބައްޕައަކާއި މަންމައެއްގެ ހުރި ހަމައެކަނި ފިރިހެން ދަރިފުޅެވެ. އުފަންވީއްސުރެ ބައްޔެވެ. އޭރުއްސުރެ ކުއްޖާގެ ތަފާތުކަން އެނގެއެވެ. އެކިފަހަރުމަތިން ޑރ، އަށް ދެއްކުނު ކަމަށާއި، އެކަމަކު ބަލީގެ އަސްލު ދެނެގެނެވުނީ މާފަހުން ކަމަށް މަފާޒްގެ ބައްޕަ ކަނޑުހުޅުދޫ/ ހަނދުވަރުދޭގޭ، މައުސޫމް ވަނީ ކިޔާދީފައެވެ.
ރާއްޖެއިން ފަރުވާ ނުލިބޭ ބައްޔަށް މަފާޒް ހުށަހެޅުނުކަން އެގުނު ހިސާބުން ގޮތް ހުސްވެ މާޔޫސްވެފައިތިބި މަފާޒްގެ މަންމައާއި ބައްޕަ މިހާރު އެދަނީ މަފާޒަށްޓަކާ އެތަކެއް ގުރުބާންތަކެއް ވަމުންނެވެ. މަފާޒްގެ ބައްޕަ މައުސޫމް ބުނީ އޭރުއްސުރެ މަފާޒް އުޅެން ބޭނުންވަނީ "އަނދިރީގަ ކަމަށެވެ. ގޭގެ ލައިޓް ޖައްސާލިޔަސް އުނދަގޫވާ ކަމަށް ބުނާ ކަމަށެވެ. އޭރު އަބަދުވެސް ބޭނުންވީ ބާލިސް ލޯމަތީގައި އަޅައިގެ އުޅެން ކަމަށެވެ. މަފާޒްގެ ބައްޔަކީ (ކެރެޓޯކޮންޖެކްޓިވައިސް) އާންމު ބަހުން ކެރެޓް ކޯނިއާއެވެ. މަފާޒަށް މި ބަލި ޖެހުނުކަން އެގުނު ހިސާބުން ވެސް އާއިލާއިން ދަނީ ފަރުވާ ހޯދުމަށް މަސައްކަތް ކުރަމުންނެވެ. ރާއްޖޭން އަދި އިންޑިއާއިން ފަރުވާ ހޯދާ އަދި އެތައް އޮޕަރޭޝަނެއް ކުރުމަށް ފަހު މިހާރު އާންމުންގެ ވަރަށް ބޮޑު އެހީތެރިކަމެއް އެކި ގޮތް ގޮތުން ހޯދައިގެން މަފާޒަށް ފަރުވާ ދެމުންދަނީ ބެންކޮކޮގެ ބުމަރަންގާޑް ހޮސްޕިޓަލުގައެވެ. މަފާޒަށް ބުންމަރަންގާރޑް ހޮސްޕިޓަލުގެ ފަރުވާދޭން ފެށީ އުމުރުން 13 އަހަރުގެވެ.
ލޮލަށް އުނދަގޫތަކެއްވާ މިބަލި މަފާޒަށް ޖެހިފައިވަނީ މަފާޒުގެ އުމުރުން އެއް އަހަރުގައި ކަމަށްވިޔަސް މަފާޒު ގޮވައިގެން އިންޑިޔާ އަށް29 ފަހަރު ދެވެނު ކަމަށް މައުސޫމް ބުންޏެވެ. އަދި އެ ފަރުވާގެ މުއްދަތުގަ އެ ކުޑަކުއްޖާގެ ލޮލަށް ވަނީ އެތަކެއް އޮޕަރޭޝަނެއްވެސް ކޮށްފައެވެ. އޭގެ ސަބަބުން ރަނގަޅު ފަރުވާއެއްނުލިބި އަނެއްކާވެސް ފަރުވާގެ މުއްދަތު އިތުރުވިއެވެ.
މިހާރުވެސް އެކި ގޮތްގޮތުން މައުސޫމް ދަނީ މަފާޒްގެ ފަރުވާ އަށް އެހީތައް ދަނީ ހޯދަމުންނެވެ.
މަފާޒަށް އުމުރުން އެއް އަހަރުންފެށިގެން މި ބައްޔަށް ފަރުވާ ހޯދަމަށް ރާއްޖޭން ބޭރަށް އެތައްފަހަރަކު ދަތުރު ކުރެވިފައިވާ ކަމަށާއި، އިންޑިއާއަށް އެތައް ފަހަރަކު ދެވުނު ކަމަށެވެ. ނަމަވެސް ކުއްޖާގެ ފަރުވާ އަށް މާބޮޑު ކުރިއެރުމެއް ނުލިބޭތީ އާންމުންގެ އެހީއާއި އެކު އެހެންގޮތަކަށް މަސައްކަތް ފެށީ ކަމަށެވެ.
މައުސޫމް ބުނީ މިއަރު ގްރޭޑް 10 އެއްގައި ކިޔަވަމުންދާ މަފާޒް ލޯ މިހާރު ކުރިއަށްވުރެ ރަނގަޅު ކަމަށާއި، އަދި ކުރިއަށްވުރެ ސިއްހަތުވެސް ރަނގަޅު ކަމަށެވެ.
ގއ. ކަނޑުހުޅުދޫ ހަނދުވަރުދޭގޭ މަފާޒް މައުސޫމް
"އެކަމަކު އެ ކުއްޖާގެ ފަރުވާ ނުނިމޭ . މިހާރު މާފާޒް ގެ ފަރުވާގެ ގުނަމުންދަނީ ފަހު ދުވަސްތައް. ބެންކޮކަށް ގޮސް އިތުރަށް ނަގަންޖެހޭ ފަރުވާ ހޯދުމަށް އަނެއްކާވެސް ވަނީ ދާން ޖެހިފަ ކަމަށް މައުސޫމް ބުނި. މައުސޫމް މަފާޒްގެ ބައްޕަ
މިހާރު އިހު ހުރިވަރަށްވުރެން ކުއްޖާގެހާލަތު އެ ހޮސްޕިޓަލުން ފަރުވާ ހޯދިފަހުން ކޮންމެވެސް ވަރަކަށް ރަނގަޅު ކަމަށް ގަބޫލުކުރެވެއެވެ. ނަމަވެސް މިހާރު އަނެއްކާވެސް މައުސޫމްގެ މާލީ ހާލަތުވަނީ ވަރަށް ބޮޑަށް ވަނީ ދަށްވެފައެވެ. ބޮޑެތި އަދަދަދުން ދަރިފުޅުގެ ފަރުވާ އާއި އެހެނިހެން ކަންކަމުގަ ލޯނު ނަގާފައިވުމުގެ ސަބަބުންނެވެ.
ޑޮކްޓަރުގެ ފަރުވާ ފުރިހަމަ ކުރުމަށް ދަރިފުޅަށް އިތުރު ޑޯޒްތަކެއް އަދިވެސް ދޭންޖެހެއެވެ.
މިހާލަތާއެކުވެސް މިހާރު ބޭނުންވަނީ ޑޮކްޓަރުން އެދިފައިވާ ގޮތުގެ މަތީން އިތުރު ސާޖަރީއަކަށް ބެންކޮކަށް ދާންޖެހޭތީ ފައިސާގެ އެހީތެރިކަމެކެވެ.
ގުޅޭނެ ފޯނު ނަންބަރު: 7798697 (މައުސޫމް ހަސަން)
އެކައުންޓް ނަންބަރު: ބީއެމްއެލް - ދިވެހި ރުފިޔާ އެކައުންޓް - ( މައުސޫމް ހަސަން ) 7712216293101
އެކައުންޓް ނަންބަރު: ބީއެމްއެލް - ޑޮލަރު އެކައުންޓް - (މައުސޫމް ހަސަން )7730000435922
މަފާޒަށް އެހީތެރިވުމަށް އެދޭ ފަރާތްތަކުން އެ އާއިލާއާ ގުޅައިގެން އެހީގެ ކަންކަން ކުރިއަށް ގެންދިއުން އެދެމެވެ

