logo

ބީއެމްއެލްގެ އޮސްޓްރޭލިއަން އޯޕަންގެ ފައިނަލް ބަލައިލަން ދިޔުމުގެ ފުރުސަތު ދިފްރާން އަށް

އާމިނަތު މޫސާ
16 ދުވަސް ކުރިން

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި މާސްޓަރކާޑު ގުޅިގެން ހިންގި އޮސްޓްރޭލިއަން އޯޕަންޕްރޮމޯޝަންގެ ނަސީބުވެރިއަކަށް ހޮވުނީ މުޙައްމަދު ދިފްރާން ޢަޒީޒް ކަމަށް ބީއެމްއެލުން ބުނެފިއެވެ. މިއާއެކު އޮސްޓްރޭލިއަން އޯޕަންގެ ފައިނަލް ބަލައިލަން ދިޔުމުގެ ފުރުސަތު ދިފްރާން އަށް ލިބިގެންދާނެއެވެ.

މި ޕްރޮމޯޝަންގެ ދަށުން ދިފްރާން އާއި އޭނާގެ ބައިވެރިއަކަށް އޮސްޓްރޭލިއަން އޯޕަން 2026 ގެ ފައިނަލް މެޗުތައް ބަލާލުމަށް ހަތަރު ދުވަހުގެ ދަތުރެއް ލިބޭނެއެވެ. މީގެ ތެރޭގައި ދެމީހުންގެ ދެކޮޅު ޓިކެޓާއި، ހުރުމާއި، ކެއުމުގެ އިތުރުން މެޗު ބަލާލުމުގެ ޓިކެޓް ހިމެނެއެވެ.

ސެޕްޓެމްބަރު 1 އިން އޮކްޓޫބަރު 31 ގެ ނިޔަލަށް ކުރިއަށްދިޔަ މި ޕްރޮމޯޝަނަކީ ބީއެމްއެލް މާސްޓަރކާޑު ޑެބިޓް އަދި ކްރެޑިޓް ކާޑު ބޭނުންކުރާ ކަސްޓަމަރުންނަށް ހާއްސަކޮށްގެން، ކަސްޓަމަރުންނަށް ތަފާތު ތަޖުރިބާތަކެއް ފޯރުކޮށްދިނުމަށް ބޭންކުން ކުރަމުންދާ މަސައްކަތުގެ ދަށުން ހިންގި ޕްރޮމޯޝަނެކެވެ.

މާސްޓަރކާޑަކީ އޮސްޓްރޭލިއަން އޯޕަންގެ އޮފިޝަލް ސްޕޮންސަރެވެ. އަދި ބީއެމްއެލްއަކީ ރާއްޖޭގައި މާސްޓަރކާޑުގެ ޕްރިންސިޕަލް މެންބަރެކެވެ.

ބީއެމްއެލްއާއި މާސްޓަރކާޑު ގުޅިގެން ދަނީ ކަސްޓަމަރުންނަށް ދުނިޔޭގެ ފެންވަރުގެ ތަފާތުކުޅިވަރު ތަޖުރިބާތަކާއި ފުރުސަތުތައް ފޯރުކޮށްދެމުންނެވެ. އެގޮތުން 2025 ވަނައަހަރު ބީއެމްއެލް އިން ވަނީ މާސްޓަރކާޑާ ގުޅިގެން ޔޫއެފްއާ ޗެމްޕިއަންސް ލީގު މެޗެއްބަލާލުމުގެ ފުރުސަތާއި، ކޮލަމްބޯ ފެޝަން ވީކް ތަޖުރިބާ ކުރުމުގެ ފުރުސަތުގެ އިތުރުން ޗެމްޕިއަންސް ލީގު ފައިނަލްގައި ޕްލޭޔަރ މެސްކޮޓްގެ ގޮތުގައި ބައިވެރިވުމުގެ ފުރުސަތު ހިމެނޭހެން ގިނަ ޕްރޮމޯޝަންތަކެއް ހިންގާފައެވެ.

ad