logo

ކުރިއަށް އޮތް 3 ދުވަހު ރާއްޖެއަށް ވިއްސާރަކުރާނެ

މުސްލިމާ ޙަސަން
މުސްލިމާ ޙަސަން
9 ގަޑިއިރު ކުރިން

ކުރިއަށް އޮތް ތިން ދުވަހުވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރާނެ ކަމަށް ލަފާކުރެވޭ ކަމަށް މޫސުމާއިބެހޭ ޤައުމީ އިދާރާއިން މެޓް އޮފީހުން ބުނެފިއެވެ.

މެޓުން ބުނީ ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް ކޮންމެވެސް ވަރަކަށް ކެރީގެ އަސަރު ކުރާނެ ކަމަށެވެ. އަދި ބައެއް ހިސާބުތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އެކަށީގެންވާ ކަމަށެވެ.

ވައި ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 3 މޭލާއި 13 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި، ކަނޑު މަޑު ވާނެ ކަމަށެވެ. ރާޅުގެ އުސްމިން 3 ފޫޓް އާއި އެއް ފޫޓްގައި ކަމަށެވެ.

އެއްވެސް ހިސާބަކަށް މޫސުން އާދަޔާ ހިލާފަށް ގޯސް ނުވާނެ ކަމަށާއި، ކަނޑުދަތުރު ކުރާ ފަރާތްތަކުން ދުރާލާ ތައްޔާރުވެ، މޫސުމަށް ސަމާލުވުމަށް އެ އިދާރާއިން ވަނީ އިލްތިމާސް ކޮށްފައެވެ.

ad