ފުލުހުންގެ ތަރުޖަމާނުގެ މަގާމަށް ސުޕްރިޑެންޓެންޓް އޮފް ޕޮލިސް އާރިފް އެ މަގާމަށް މިއަދު ހަމަޖައްސައިފިއެވެ.
މިއަދު މިބަދަލު ގެންނެވީ ފުލުހުންގެ އިސް ތަރުޖަމާނުގެ މަގާމުގައި ހުންނެވި، އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު ޝިފާން އެމަގާމުން ވަކު ކުރުމައްފަހުއެވެ.

މިއަދު ފުލުހުން ބުނީ ދިވެހި ފުލުހުންގެ ޚިދުމަތުގެ ރަސްމީ ތަރުޖަމާނުގެ މަގާމަށް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ޢާރިފް، 2026 ޖޫން 7 އިން ފެށިގެން ވަނީ އައްޔަންކުރައްވައިފައިވާ ކަމަށެވެ.
ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ޢާރިފް މި މަސްއޫލިއްޔަތާ ހަވާލުވެވަޑައިގަތީ، މީގެ ކުރިން އެ މަގާމު ފުރުއްވި އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ޝިފާނުގެ ބަދަލުގަ ކަމަށްވާއިރު، މި ބަދަލާއެކު، މީޑިއާތަކަށް ބޭނުންވާ މައުލޫމާތު ފޯރުކޮށްދިނުމާއި، މުއައްސަސާގެ ފަރާތުން އާންމުންނާ ކުރާ މުއާމަލާތްތަކުގައި އެންމެ އިސްކޮށް ދެން ހަރަކާތްތެރިވާނީ ސުޕްރިންޓެންޑެންޓް ޢާރިފް ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.


