logo

ޑާޒަލެކްސް" ކިޔާ އިންޖެކްޝަނެއްގެ ފޭކް ބެޗްތަކެއް ފެނި ޑަބްލިއުއެޗްއޯގެ ސަމާލުކަމަށް 

މުސްލިމާ ޙަސަން
މުސްލިމާ ޙަސަން
5 ގަޑިއިރު ކުރިން

"ޑާޒަލެކްސް" ކިޔާ އިންޖެކްޝަނެއްގެ ފޭކް ބެޗްތަކެއް ފެނުމުން އެކަން ރާއްޖެއިން ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާގެ ސަމާލުކަމަށް ގެނެސްފިއެވެ.

ރާއްޖެ އެތެރެވެފައިވާ ފޭކް އިންޖެކްޝަނާއި ގުޅޭގޮތުން ޑަބްލިއުއެޗުއޯއިން ނެރެފައިވާ ބަޔާނުގައިވަނީ އެ ބެޗުތަކަކީ ޑިސްޓްރިބިއުޓް ކުރުމުގެ ހުއްދަ ނެތް ބަޔަކު އެތެރެކޮށްގެން ވިއްކަމުންދާ ތަކެތި ކަމަށާއި އެއީ އުފެއްދި ތަނާއި ގެނައި ތަން ގަސްތުގައި އޮޅުވާލާފައި ހުރި ތަކެތި ކަމަށެވެ. އަދި އިންޖެކްޝަންތަކަކީ ފޭކްއެއް ކަމަށް އިންޖެކްޝަން އުފައްދާ އަސްލު ކުންފުނި ޖޭންސެނުން ބުނެފައިވާ ކަމަށެެ. ރާއްޖެއަށް އެތެރކޮށްފައިވާ ދެ ބެޗުގެ އިންޖެކްޝަންތަކުގެ ލެބް ޓެސްޓްތައް ހަދާފައިނުވާތީ އޭގެ އަސަރުތައް ދެނެގަނެވިފައެއްނުވާ ކަމަށާއި، އޭގެ ތެރޭގައި ހަށިގަނޑަށް ގެއްލުން ލިބޭ މާއްދާތަކެއް ހުރެދާނެކަމުގެ ބިރުވެރިކަން ވެސް އެބަ އޮތް ކަމަށް ވަނީ ބުނެފައެވެ.

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ބުނީ އެ ބޭހަކީ އަމިއްލަ މީހަކު ފަރުވާއަށް ރާއްޖެއަށް ގެނައި ބޭހެއްކަމަށެވެ. ދުނިޔޭގެ އެހެން ޤައުމުތަކަށް އެ ބޭސް އެތެރެކޮށްފައިވޭތޯ ބެލި ބެލުމުން މެކްސިކޯއަށްވެސް އެ ބޭސް އެތެރެކޮށްފައިވާކަން އެނގިފައިވާކަމަށް އެމްއެފްޑީއޭއިން ވަނީ ބުނެފައެވެ. އަދި ރާއްޖެއިން ފެނުނު ބޭހަށް އަޅާފައި ހުރި އެއްޗެހި ދެނެގަތުމަށް އެ ބޭސް އުފައްދާ އަސްލު ކުންފުނީގެ ލެބޯޓަރީއަށް މިހާރު ފޮނުވާފައިވާކަމަށެވެ

ޑާޒަލެކްސް" އަކީ ކަށީގެ މަދުގެ ކެންސަރުގެ ބާވަތެއް ކަމަށްވާ "މަލްޓިޕަލް މައިލޯމާ" އާއި ލޭގެ ބައްޔެއް ކަމަށްވާ "އެމިލޮއިޑޯސިސް" އަށް ފަރުވާ ކުރުމަށް ބޭނުންކުރާ އެންޓިބޮޑީއެކެވެ. މިއިންޖެކްޝަން ރާއްޖޭގެ އެއްވެސް މީހަކަށް ޖަހާފައި ނުވާކަމަށް ސިއްހަތާ ބެހޭ ވުޒާރާއިން ވަނީ ޔަގީން ކަން ދީފައެވެ.

މީގެ އިތުރުން ބޭހުގެ ބާޒާރުތައް ގާތުން މޮނިޓާ ކުރުމަށާއި އަދި ބައެއް ފިޔަވަޅުތައް އަޅަން ގައުމުތަކަށް ވެސް ޑަބްލިއުއެޗްއޯއިން ވަނީ އިރުޝާދު ދީފައެވެ

.

ad