ކާނިވާ ސަރަހައްދުގައި ހުރި ގުދަނެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
ފުލުހުން ބުނީ މާލެ، ކާނިވާ ސަރަހައްދުގައި ހުރި ގުދަނެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭކަމުގެ މައުލޫމާތު 2026 ނޮވެމްބަރ 8 ވަނަ ދުވަހުގެ މެންދުރުފަހު 15:42 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
ނަމަވެސް މިހާރު ވަނީ އަލިފާން ނިއްވާލާފައެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައެއް ނުވެއެވެ.


