ހުޅުމާލެ ހިޔާ 11 ވަނަ ޓަވަރުގެ 23ވަނަ ފަންގިފިލާގެ އެޕާޓްމަންޓެއްގައި މިއަދު ހަވީރު އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީ، އެންޑީއެމްއޭއިން ވިދާޅުވި މި ހާދިސާގައި އެޕާޓްމަންޓުގެ ބަދިގެ ބޭނުންނުކުރެވޭ ވަރަށް ގެއްލުންވެފައިވާކަމަށެވެ. އަދި ގޭތެރޭގައި ދުމުގެ އަސަރު ހުރުމުގެ ސަބަބުން، އެގޭގައި ދިރިއުޅޭ 4 ފަރާތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދީފައިވާކަމަށެވެ.
އެ އޮތޯރިޓީން ވިދާޅުވި ގޮތުގައި ބޯހިޔާވަޖިކަން ފޯރުކޮށްދީފައިވަނީ، 1 ދުވަހަށެވެ. އަދި 5 ދުވަހުގެ ކެއިންބުއިމުގެ އިންތިޒާމް އެ އޮތޯރިޓީން ވަނީ ހަމަޖައްސަދީފައިވެއެވެ.
އެންޑީއެމްއޭއިން ވިދާޅުވީ މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުން ލިބިފައެއް ނުވާކަމަށެވެ.
