ޓީޖެޓީގައި އޮތް ދޯންޏެއް އަޑިއަށް ގޮސްފިއެވެ.
ފުލުހުން ބުނީ މާލެ، ޓީޖެޓީގައި ދޯންޏެއް އަޑިއަށް ދާކަމުގެ މައުލޫމާތު 2026 ޖޫން 27 ވަނަ ދުވަހުގެ ރޭ 19:31 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
މި ހާދިސާއާ ގުޅިގެން މިހާތަނަށް ބެލިބެލުމުން އެނގިފައިވާ ގޮތުގައި، "ކުރިމަގު" ނަމަކަށް ކިޔާ މި ދޯނި އަޑިއަށް ގޮސްފައިވަނީ މުދާ ބަރުކޮށްގެން ވ. އަތޮޅަށް ދިއުމަށް ޓީޖެޓީން ނުކުތް ވަގުތު ދިޔަވާން ފެށުމުން، އަނބުރާ ބަނދަރަށް ވަތް ފަހުން ކަމަށެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވެއެވެ. ދޯނި ފުންކުރުމުގެ މަސައްކަތް އެމްއެންޑީއެފް އާއި އެމްޕީއެލް އަދި ދޯނީގެ ވެރިފަރާތް ގުޅިގެން ދަނީ ކުރަމުންނެވެ.
މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ފުލުހުން ދަނީ ބަލަމުންނެވެ.

.jpg&w=256&q=75)