logo

މުދައްރިސުންގެ ދައުރު ހަނިކުރުމަކީ ކުދިންގެ ހަޔާތުން މުހިންމު ބައެއް ބާކީވުން: ޑރ. ޝަފީއު

މުސްލިމާ ޙަސަން
މުސްލިމާ ޙަސަން
7 ގަޑިއިރު ކުރިން

ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ސާނަވީ ތަޢުލީމު ހާސިލް ކުރާ ދަރިވަރުންނާއި މަތީސާނަވީއަށް ދާ ދަރިވަރުންގެ މެދުގައި އޮތް ފަރަޤު ކުޑަކުރުމަށް މަސައްކަތްކުރަމުންދާކަމަށާއި، ކުއްޖެއްގެ ދިރިއުޅުމަށް އެންމެ ބޮޑު ތަފާތުތަކެއް ގެނެސްދޭ ބަޔަކީ ޓީޗަރުން ކަމަށްވާއިރު، މުދައްރިސުންގެ ދައުރާއި ފުރުސަތު ހަނިކޮށްފިނަމަ ކުއްޖެއްގެ ހަޔާތުން މުހިންމު ބައެއް ބާކީވެގެންދާނެ ކަމަށް އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު މިއަދު ވިދާޅުވެއްޖެއެވެ

މިނިސްޓަރު މިހެން ވިދާޅުވީ ޓީޗަރުންގެ އަށް ވަނަ އިންޓަނޭޝަނަލް ކޮންފަރެންސް ފެށުމަށް ޝަހީދު އަލީ ސްކޫލުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

ހުރިހާ ސްކޫލުތަކެއްގެ ޕްރިންސިޕަލުންނަށް އިލްތިމާސް ކުރައްވަމުން މިނިސްޓަރު ވަނީ، ކެތްތެރިކަމާއި ހިކުމަތްތެރިކަމާއެކު މުޖުތަމައުއާ ގުޅި، ޓީޗަރުން ކަންކަމުގައި ޝާމިލްކޮށް، ސްކޫލުތައް ހިންގުމުގައި ބެލެނިވެރިންނާ ގުޅިގެން މަސައްކަތް ކުރުމަށް އެދިވަޑައިގެންފައެވެ. އަދި ސަރުކާރުން އެޑިޔުކޭޝަން ނިޒާމު ހަރުދަނާ ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މެނިފެސްޓޯގައިވާ ގޮތަށް ގެންނަން ޖެހޭ ބަދަލުތައް ގެންނަމުންދާ ކަމަށްވެސް ވިދާޅުވިއެވެ

މީގެ އިތުރުން ފާހަގަ ކުރެއްވީ ދަރިވަރުންނަށް ހާސިލްކުރެވޭ މިންވަރު އިތުރުކުރުމަށް ކީ ސްޓޭޖް 1 ގެ ފޮތްތަކަށް ބަދަލު ގެނައުމަށް ނިންމަވާފައިވާ ކަމަށެވެ. މިޒަމާނުގައި ޓެކްނޮލޮޖީއަށާއި ވަޒީފާގެ ބާޒާރަށް ބޮޑެތި ބަދަލުތަކެއް އައިސް އޭއައި އެކި ކަންކަމުގައި ބޭނުން ކުރާ މިންވަރު އިތުރުވަމުންދާއިރު، މިއީ މި ބަދަލުތަކަށް ދަރިވަރުން ތައްޔާރުކުރުމަށް ޓީޗަރުން މިކަންކަމަށް އަހުލުވެރިވާން ޖެހޭ ކަމަށެވެ. އެހެން ކަމުން މި ކޮންފަރެންސްގެ މަޤްޞަދަކީ ޓީޗަރުން ސިޔާސަތުތަކަށް އަންނަ ބަދަލުތަކާއި ކުލާހުގައި ކިޔަވައިދޭ ގޮތްތަކާއި ދިރާސާތަކާއި ގުޅުވާލުން ކަމަށް ތަޢުލީމީ ވަޒީރު ވިދާޅުވިއެވެ. މިއާއެކު މި ފުރުސަތުގެ ބޭނުން ޓީޗަރުން ހިފުމަށް ވަޒީރު ގޮވާލެއްވިއެވެ.

މިގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާއި ހަވާލުވުމަށް ފަހު ދައިރާގެ ކުރިއެރުމަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މިހާރުވެސް ދަރިވަރުން ތަޢުލީމީ މަރުހަލާގައި ހާސިލްކުރާ މިންވަރު އިތުރުކުރުމަށް މުހިންމު ބަދަލުތަކެއް ކޮންޓެންޓަށް ގެންނަމުންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ. މިމަސައްކަތުގެ ދަށުން ކީ ސްޓޭޖް 1 ފޮތްތަކަށް އަންނަ އަހަރު ބަދަލު ގެނައުމަށް ނިންމާފައިވާކަން ތަޢުލީމީ ވަޒީރު ހާމަކުރެއްވިއެވެ

ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ސާނަވީ ތަޢުލީމު ހާސިލް ކުރާ ދަރިވަރުންނާއި މަތީސާނަވީއަށް ދާ ދަރިވަރުންގެ މެދުގައި އޮތް ފަރަޤު ކުޑަކުރުމަށް މަސައްކަތްކުރަމުންދާކަމަށް ވިދާޅުވެފައެވެ. އެގޮތުން މިހާތަނަށް ކުރެވުނު މަސައްކަތުން މީގެ ކުރިން ސާނަވީ ތަޢުލީމު ފުރިހަމަ ކުރުމަށް ފަހު މަތީ ސާނަވީ ތަޢުލީމަށް ދާ ދަރިވަރުންގެ އަދަދު، ކުރީގައި ހުރި 40 އިންސައްތައިން މިހާރު 50 އިންސައްތައަށް އިތުރު ކުރެވިފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މާލޭ ވޮކޭޝަނަލް ހައިސް ސްކޫލާއެކު މިއަދަދު 60 އިންސައްތައަށް މަތިކުރެވޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

.

ad