ސިންްގަޕޫރުގެ ބޮޑު ވަޒީރު ލޯންރެންސް ވޯންގްގެ އަހަރީ މުސާރަ މި އޮކްޓޫބަރ މަހުގެ 15ވަނަ ދުވަހުން ފެށިގެން 2.58 މިލިއަން ޑޮލަރަށް ބޮޑުކޮށްފިއެވެ.
މިއީ ކުރިން ލިބެމުން ދިޔަ މުސާރައާއި އަޅަ ބަލަާ އިރު 60ޕަސެންޓް ބޮޑު އަދަދެކެވެ. މި ބަދަލާއި އެކު ސިންގަޕޫރުގެ ބޮޑުވަޒީރުގެ މުސާަރަ އެމެރިކާގެ ރައީސަށް ލިބޭ މުސާރައަށް ވުރެ 400000 (ހަތަރު ލައްކަ)ޑޮލަރަށް ވުރެ ހަތްގުނަ ބޮޑު އަދަދެކެވެ.
މިކަމާ ގުޅިގެން ސިޔާސީ ލީޑަރުންނަސް މުސާރަ ދިނުމާއި މެދު ގެންގުޅޭ މިންގަނޑު ތަކާއި މެދު ވަނީ ބަހުސެއް ފެށިފައެވެ. ސިންގަޕޫރު ފަދަ ކޮރަޕްޝަން ކުޑަ ގައުމެއް ގައި ސިޔާސީ ވެރިންނަށް މިފަދަ މުސާރައެއް ދޭން ނިންމީ ކީއްވެގެންތޯ ގިނަ ބަޔަކު އަންނަނީ ސުވާލު އުފައްދަމުންނެވެ. ޚާއްޞަކޮށް ދުނިޔޭގެ ބޮދެތި ބައެއް ބަރުތަކުގެ ލީޑަރުންނަށް ވެސް ނުލިބޭ ބޮޑު ޢާމްދަނީއެއް ސިންގަޕޫރުގެ ލީޑަރުންނަށް ކަނޑައެޅުމަކީ އާދަޔާ ޚިލާފް ކަމެއްގެ ގޮތުގައި ގިނަ ބަޔަކު އަންނަނީ ސިފަ ކުރަމުން ނެވެ.

