logo

ގްލޯބަލް އެސް.އެމް.އީ ފައިނޭންސް ފޯރަމް 2026ގައި ސްޓޭޓް މިނިސްޓަރ ރިފާޢު ވާހަކަދައްކަވައިފި

ދިވެހި ޗެނަލް
ދިވެހި ޗެނަލް
11 ގަޑިއިރު ކުރިން

ގްލޯބަލް އެސް.އެމް.އީ ފައިނޭންސް ފޯރަމް 2026ގައި ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް މާލީ އެހީތެރިކަމުގެ މުހިންމުކަމާ ގުޅޭގޮތުން ސްޓޭޓް މިނިސްޓަރ ރިފާޢު ވާހަކަދައްކަވައިފިއެވެ.

މިނިސްޓަރ އޮފް ސްޓޭޓް ފޮރ އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް އިސްމާޢީލް ރިފާޢު، މިކަމާ ގުޅޭގޮތުން ވާހަކަ ދެއްކެވީ "ގްލޯބަލް އެސް.އެމް.އީ ފައިނޭންސް ފޯރަމް 2026" ގެ ތެރެއިން ބޭއްވުނު "ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ ކުރިއެރުން، ވަޒީފާ އަދި ވާދަވެރިކަން" މި މައުޟޫޢަށް ބިނާކޮށް ކުރިއަށްދިޔަ މިނިސްޓީރިއަލް ޑައިލޮގްގައި ބައިވެރިވެވަޑައިގެންނެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ފުޅާކޮށް، ވަޒީފާގެ ފުރުސަތުތައް އުފައްދައި، ވާދަވެރިކަން އިތުރުކުރުމަށްޓަކައި މާލީ އެހީތެރިކަން ހޯދޭނެ މަގުތައް ފަހިކޮށްދިނުމުގެ މުހިންމުކަމަށް އަލިއަޅުއްވާލެއްވިއެވެ. އަދި މާލީ އެހީތެރިކަން ފޯރުކޮށްދޭ ނިޒާމުތައް ހަރުދަނާކުރުމުގެ މުހިންމުކަމުގެ މައްޗަށް ވެސް ބައްލަވައިލެއްވިއެވެ.

ad