logo

އީކޮމާސް ވެބްސައިޓުތައް ބޮލޮކް ނުކުރޭ: ބީއެމްއެލް

މުސްލިމާ ޙަސަން
މުސްލިމާ ޙަސަން
8 ގަޑިއިރު ކުރިން

އީ-ކޮމާސް ޕްލެޓްފޯމްތައް ކަމަށްވާ އެމެޒަން އަދި އަލީއެކްސްޕްރެސް ފަދަ ސައިޓުތަކުން ވިޔަފާރި ނުކުރެވޭ ގޮތަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކާޑުތައް ބްލޮކްކޮށްފައިވާ ކަމަށް ދެކެވޭ ވާހަކަތައް އެ ބޭންކުން ދޮގުކޮށްފިއެވެ.

އީކޮމާސް ވެބްސައިތްތައް ބްލޮކޮ ކޮށްފައިވާ ކަމަށް ވާހަކަދަކެވެމުންދާ މިދަނޑިވަޅުގައި ބޭންކުން ވަނީ ތަފާސް ހިސާބުތައްވެސް އާންމު ކޮށްފައެވެ.

އެ ތަފާސްހިސާބު ތަކުން ފެންނަ ގޮތުގައި މިދިޔަ ހަފުތާގެ ނިޔަލަށް، 58،000 މުޢަމަލާތް ހަމައެކަނި އެމޭޒަން އަދި އަލިއެކްސްޕްރެސް މެދުވެރިކޮށް ކޮށްފައިވެއެވެ. ޕްލެޓްފޯމް ބްލޮކް ނުކުރާ ކަމަށްބުނެ ބީއެމްއެލް އިން ބުނީ މިއަހަރު ފެށުނީއްސުރެ ޖުމްލަ 2.33 މިލިޔަން ޑޮލަރު މިމުއްދަތުގައި އެ ސައިޓުތަކަށް ޚަރަދުކޮށްފައިވާ ކަމަށެވެ.

އަމިއްލަ ފަރުދުންގެ ޑެބިޓް އަދި ކްރެޑިޓް ކާޑުތައް ވިޔަފާރީގެ ބޭނުމަށް ބޭނުންކުރުން މިހާރު ވަނީ ވަރަށް ބޮޑަށް އިތުރުވެފަވާ ކަމަށާއި، ބޭންކުން އިލްތިމާސްކުރަނީ ވިޔަފާރި ބޭނުންތަކަށް މުދާ އެތެރެކުރުމުގައި އަމިއްލަ ފަރުދުންގެ ކާޑު ބޭނުންކުރުމުގެ ބަދަލުގައި، ބޭންކުގެ ބިޒްނަސް ބޭންކިން ސޮލިއުޝަންތައް ބޭނުންކުރުމަށެވެ. މި ހިދުމަތްތަކަކީ ބޮޑެތި އަދަދުތަކުގެ މުއާމަލާތްތައް ކުރުމަށާއި، ވިޔަފާރި މުދާ އެތެރެކުރުމަށް ބޭނުންވާ ލިޔެކިޔުންތައް ފޯރުކޮށްދިނުމަށް ހާއްސަކޮށް ފަރުމާކުރެވިފައިވާ ހިދުމަތްތައް ކަމަށެވެ. އަމިއްލަ އެކައުންޓްތަކުން ވިޔަފާރީގެ އުސޫލުން މުއާމަލާތް ކުރުމަކީ ލިމިޓް ހަމަވެގެން ދަތިތަކާ ކުރިމަތިވެދާނެ ކަމެއް ކަމަށް ބޭންކުން ބުނެއެވެ.

ބީއެމްއެލް އިން އިތުރަށް ބުނީ، ބޭންކުން އަބަދުވެސް މަސައްކަތް ކުރަމުންދަނީ ކަސްޓަމަރުންގެ ޒަރޫރީ ބޭނުންތަކަށާއި، ދަތުރުފަތުރާއި، ބޭސްފަރުވާ ފަދަ މުހިންމު ކަންކަމަށް ބޭނުންވާ ބޭރު ފައިސާގެ މުއާމަލާތްތައް އެއްވެސް ހުރަހެއް ނެތި ކުރިއަށް ގެންދިއުމަށް ކަމަށެވެ. އެހެންކަމުން، ސޯޝަލް މީޑިއާގައި ފެތުރޭ ދޮގު މައުލޫމާތަށް ސަމާލުވުމަށާއި، ބޭންކުން ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް މުއާމަލާތްތައް ބެހެއްޓުމަށް ބޭންކުން ވަނީ ކަސްޓަމަރުންނަށް އިލްތިމާސްކޮށްފައެވެ.

މިދިޔަ އަހަރުތަކުގެ މާލީ މުޢާމަލާތްތައް:

2023 ވަނަ އަހަރު 311 މިލިޔަން ޑޮލަރު
2024 ވަނަ އަހަރު 389 މިލިޔަން ޑޮލަރު

2025 ވަނަ އަހަރު 524 މިލިޔަން ޑޮލަރު
2026 ޖަނަވަރީ - 59 މިލިޔަން ޑޮލަރު

މި އަދަދުތަކުގެ ގާތްގަނޑަކަށް 66 އިންސައްތަ މުއާމަލާތްތަކަކީ އީކޮމާސް ވެބްސައިޓްތަކުގައި ކޮށްފައިވާ މުއާމަލާތްތައް ކަމަށް ބީއެމްއެލް އިން ބުނެފައި ވެއެވެ. އަދި އާންމު ބޭނުންތަކަށް ރާއްޖެއިން ބޭރަށް ކަސްޓަމަރުން ދަތުރުކުރައްވާއިރު އެއާލައިން ޓިކެޓަށާއި ހޮޓެލަށާއި އަދި ބޭސްފަރުވާއަށާއި އެހެނިހެން ބޭނުންތަކަށް އެކަށީގެންވާ މިންވަރަކަށް ޑޮލަރު ހަމަޖައްސާފައިވާނެ ކަމަށް ވެސް ބޭކުން ވަނީ ފާހަގަ ކޮށްފައެވެ. ބީއެމްއެލް އިން ވަނީ 1 ފެބުރުވަރީ 2026 އިން ފެށިގެން ކްރެޑިޓް ކާޑުތަކުން ރާއްޖެއިން ބޭރުގެ މުއާމަލާތްކުރުމަށް ދޭ ލިމިޓްތައް އިތުރުކޮށްފައެވެ.

އަދި މިދިޔަ ނޮވެންބަރު މަހުގެ 11 ވަނަ ދުވަހުން ފެށިގެން ބޭންކުން އަންނަނީ ޑެބިޓް ކާޑު މެދުވެރިކޮށް ބޭސްފަރުވާގެ ބޭނުމަށާއި ދަތުރުފަތުރުގެ ބޭނުމަށް ރާއްޖެއިން ބޭރުގެ މުއާމާލާތްތައް ކުރުމަށް މަހަކު 3,000 ޑޮލަރާ ހަމަޔަށް ލިމިޓް ދެމުންނެވެ. ޑެބިޓް ކާޑުން ރާއްޖޭން ބޭރުގައި ކާޑު މެޝިނުން ކުރާ މުއާމަލާތްތަކަށް މަހަކު 1,000 ޑޮލަރުގެ ލިމިޓެއްދީފައިވެއެވެ.

މިކަމާ ގުޅިގެން އިތުރަށް ބީއެމްއެލް އިން ބުނީ ބައިނަލްއަގުވާމީ ވެބްސައިޓުތަކުގައި ކުރާ މުއާމަލާތްތައް ފެއިލްވަނީ ބޭންކުން އެއްވެސް ސައިޓެއް ބްލޮކްކޮށްގެންނެއް ނޫން ކަމަށާއި، އޭގެ ބަދަލުގައި، ގިނަ ފަހަރަށް މިކަން ދިމާވަނީ ކަސްޓަމަރުގެ ކާޑަށް ކަނޑައެޅިފައިވާ ޑޮލަރު ލިމިޓަށްވުރެ އިތުރަށް މުއާމަލާތް ކުރަން އުޅުމުން ކަމަށް ބޭންކުން ބުނެފަވެއެވެ.

ad