ރަމަޟާން މަހާއި، ޝައްވާލު މަހުގެ ފުރަތަމަ ހަތް ދުވަހު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ހުޅުވާފައި ހުންނާނެ ގަޑިތައް އެ އޮތޯރިޓީން އިއުލާންކޮށްފިއެވެ.
އެމްއެމްއޭ އިން ބުނީ ރަމަޟާން މަހާއި ޝައްވާލް މަހުގެ ފުރަތަމަ ހަތް ދުވަހު ސަރުކާރު ބަންދު ދުވަސްތައް ފިޔަވާ އެހެން ދުވަސްތަކުގައި އެ އޮތޯރިޓީ ހުޅުވިފައި ހުންނާނީ ހެނދުނު 09:00 އިން މެންދުރުފަހު 01:00 އަށް ކަމަށެވެ. މިއީ ރަމަޟާން މަހުގެ މަސައްކަތު ގަޑިތަކަށް ސަރުކާރުން ގެނަ ބަދަލުތަކާ އެއްގޮތަށް ނިންމަވާފައިވާ ނިންމުމެއް ކަމަށް އެމްއެމްއޭ އިން ބުނެއެވެ.
އެމްއެމްއޭ އިން ހާމަކުރި ގޮތުގައި، އާންމުންނަށް ބޭންކިން ހިދުމަތްތައް ދިނުމަށް ހަމަޖެހިފައިވަނީ ހެނދުނު 09:00 އިން މެންދުރު 12:00 އަށެވެ. އަދި ސިޓީއާއި އެހެނިހެން ތަކެތި ބަލައިގަތުމުގެ ހިދުމަތްވެސް ކުރިއަށްދާނީ ހަމަ އެ ގަޑީގައި ކަމަށް އެ އޮތޯރިޓީން ބުނެއެވެ.
ކަލަންޑަރުގައިވާ ގޮތުން މިއަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަހަކީ މި މަހުގެ 18 ވާ ބުދަ ދުވަހެވެ.
