logo

ރިޕޯޓް: ގައުމީ ޙަޔާތުގައި މުހިންމު ދުވަހެއް، ރަސްކަމަކުން ޖޫމްހޫރިއްޔަތަކަށް

މުސްލިމާ ޙަސަން
މުސްލިމާ ޙަސަން
15 ދުވަސް ކުރިން

ގައުމެއްގެ ހަޔާތުގައި އަންނާނެ އެންމެ ވަރުފަދަ ދުވަސްތަކުގެ ތެރެއިން ތާރީހާއެކުވެގެން މާޒީގެ ފަތްފުއްތައް އުކާލެވޭ ވަރުގަދަ ދުވަސްތައް އައިސް ގޮސްފަވެއެވެ. އޭގެތެރޭން ވެސް ކޮންމެ އަހަރެއްގެ ނޮވެންބަރު މަހުގެ 11 ވަނަ ދުވަހަކީ ދިވެހި ޤައުމީ ޙަޔާތުގައި މުހިންމު އަދި ވަރަށް ޙާއްސަ ދުވަހެކެވެ. ދިވެހި ތާރީޙުގައި ރަންއަކުރުން ފަވާލެވޭނެ ދުވަހެކެވެ.

ކޮންމެ އަހަރެއްގެ ވެސް ނޮވެންބަރު މަހުގެ 11 ވަނަ ދުވަހަކީ ޤައުމީ ޙަޔާތުގައި މުހިންމު ދުވަހަކަށްވާއިރު، މި ދުވަސް ފާހަގަ ކުރަނީ ދިވެހިރާއްޖޭގެ އުފާވެރި ޖުމްހޫރީ ދުވަހުގެ ގޮތުގައެވެ.

ޖުމްހޫރިއްޔަތަކީ ކޮބާ ހެއްޔެވެ؟

ރާއްޖޭގައި މީހުން ދިރިއުޅޭ ވަކިތާރީހެއް އެގިފައި ނެތެވެ. އެހެންނަމަވެސް ދިވެހިންގެ ގަދީމީ ތާރީހުންފެށިގެން ދިވެހި މިގައުމުގައި ގައުމު ހުންގާނާއި އަބަދަވެސް ވެރިއަކު ހަވާލުވެ ހުންނަވާއެވެ. އެގޮތުގެ މަތީންވެސް ފެންނަނީ ރާއްޖޭގެ ތަޙްތާއި ހަވާލުވެފައިވަނީ ރަސްކަމުންކަމުގެ ނިޒާމަކުންކަމެވެ. އިންތިހާބީ ރަސްކަމާއި، ވިރާސީ ރަސްކަންވެސް އެކި ޒަމާންތަކުގައި ކޮށްފައިވާކަމެވެ. ނަމަވެސް މި ރަސްކަންތައް ބަދަލުވެދިޔަ ހާދިސާއަށްފަހު އެ ދުވަހަކީ ޖުމްހޫރީ ދުވަސް ގޮތުގައި ވަނީ ކަނޑައެޅިފައެވެ. އެދުވަހީ މިއަދު އަޅުގަނޑުމެން ފާހަގަކުރާ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހެއެވެ. ރާއްޖޭގައި ޒަމާނުއްސުރެ ހިނގަމުންއައި ރަސްކަން ޖުމްހޫރިއްޔަތަކަށް ފުރޮޅައިލެއްވީ ރައީސް މުހައްމަދު އަމީންގެ ވެރިކަމުގައި އެމަނިކުފާނުގެ ދުރު ވިސްނޭ ބުއްދިއާއި ހިކުމަތުގެ އަމަލީނެވެ. އޭގެ ނަތީޖާ އަކީ ޒަމާނުއްސުރެ ދިވެހިން ދެކެމުން އައި ރަސްކަމުގެ ނިޒާމު ވެރިކަމުގެ ނިޒާމަކަށް ބަދަލުވެދިއުމެވެ. ފުރަތަމަ އެ ބަދަލު ގެނެވުނީ 1953 ޖެނުވަރީ 1 ވަނަ ދުވަހުގައެވެ. މިއީ ތާރީހުން ފުރަތަމަ ރާއްޖެއަށް ވެރިކަމުގެ ނިޒާމް ބަދަލުވެ ޖުމްހޫރީ ދުވަހުގެ ގޮތުގަ ކަނޑައެޅުނު ދުވަހެވެ. ނަމަވެސް އަނެއްކާވެސް ވެރިކަމުގެ ނިޒާމް ބަދަލުވިއެވެ. އެގޮތުން 7 މަހަށް ދެމިގެން ދިޔަ ނިޒާމަކަށް ފަހު ރަސްކަމަކާއި ދިމާލަށް މިސްރާބްޖެހިއެވެ. އެއަށްފަހު މިއަދު އަޅުގަނޑުމެން މި ގުނަމުންދާ ރަސްމީ ޖުމްހޫރީ ދުވަސް ފެށުނީ 1968 ވަނަ އަހަރުއެވެ. އެއީ ރާއްޖޭގައި ދެވަނަ ޖޫމްހޫރިއްޔަތެއް ގާއިމްވި ހިސާބެވެ. ރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާ އަކީ ސުމުއްވުލްއަމީރު އިބްރާހީމް ނާޞިރު ރަންނަބަނޑޭރި ކިލެގެފާނެވެ. ރައީސުލްޖުމްހޫރިއްޔާގެ މަޤާމަށް އިބާރާހީމް ނާސިރު ހުވާކުރެއްވީ 1968 ވަނަ އަހަރު ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހުގައެވެ.

ރާއްޖޭގައި ޒަމާނުއްސުރެ ހިނގަމުންއައި ރަސްކަން ޖުމްހޫރިއްޔަތަކަށް ބަދަލުވެފައިވާތާ މިހާރު މި ގުނަމުންދަނީ 57 ވަނަ ޖުމްހޫރީ ދުވަހެވެ. ދުވަހުގެ ހެޔޮއެދުމާއި ތަހްނިޔާ އަރިސްކުރާ ހާލު ވިސްނަންވީ ގައުމަށް ހެވަށް އެދިގެން ގައުމުގެ ދަރިން ކޮށްފައިވާ މަސައްކަތްތަކުގެ ފޮނިމީރުކަން ގުޅިފައިވާ ކޮންމެދުވަހަކުން ވެސް ފެންނަން ހުންނާނެ ކަމަށެވެ. ރަސްކަމުގެ ތަޙްތުގައި ވެރިކަން ކުރެވޭނެ މަގު ފަހިވެފަ އޮއްވާ އަމިއްލަފުޅަށް ވިސްނިވަޑައިގެން ރައްޔިތުންނާއި ގާތުން މަސައްކަތް ކުރެއްވުމަށް އޭރުގެ ވެރިން ނެންގެވި ފިޔަވަޅު މިއަދު ކޮންމެ ދިވެހި ދަރިއަކު ވެސް ފިޅާވަޅުތަކެއްގެ ގޮތުގައި ވިސްނާލަންޖެހޭ ކަމެވެ. ގައުމަށް ހެވެއް އެދިގެން ކަމެއް ކޮށްފިނަމަ އެކަން ދަންނާނެ ދިވެހިން ތިބޭނެ ކަމާއި މެދު ޝައްކެއް ނެތެވެ.

ad