logo

ދެއްވަދޫއިން ކޮލަމާފުށީ މީހަކު ހައްޔަރުކޮށްފި

މުސްލިމާ ޙަސަން
ދުވަހެއް ކުރިން

މަސްތުވާތަކެތީގެ މައްސަލައެއްގައި ގއ. ދެއްވަދޫއިން މީހަކު ހައްޔަރުކޮށްފިއެވެ

އޭނާ ހައްޔަރުކޮށްފައިވަނީ މި މަހު 24 ވަނަ ދުވަހު ދެއްވަދޫ ފުލުހުން ރަށުތެރެ ޕެޓްރޯލްކުރަމުން ދިޔައިރު ތުހުމަތު ކުރެވިގެން ހުއްޓުވައި ބަލައިފާސްކޮށްފައެވެ. އެ ރަށު ބަނދަރު ސަރަހައްދުން އޭނާ ހުއްޓުވައި އޭނާއާއި އޭނާހުރި ސަރަހައްދު ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ފޮއިލްކޮޅަކާއި، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ދަޅެއް ފެނިފައިވެއެވެ. މި ތަކެތީގެ ވަގުތީ ބަރުދަނަކީ 48 ގުރާމެވެ.

މި މައްސަލައާ ގުޅިގެން އަސަރީގެ / ގއ. ކޮލަމާފުށި، މުޙައްމަދު ސާއިފް ޢަލީ (26އ) ހައްޔަރުކޮށް އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.

މިމައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.

ad